މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

 

                                                                                      ނަންބަރު:MTCC-IRD/IU/2019/0083

 

 

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2018 ވަަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2018 ވަަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2019 ވާ ހޮނިހިރު ދުވަހުގެރޭ 09:00 ގައި ބޯލްރޫމް، ހޮޓަލް ޖެން، މާލެ، ދިވެހިރާއްޖޭގައެވެ.

 

ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  2. 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން .
  3. 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅާ ފާސްކުރުން.
  4. 2018 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުން.
  5. ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން.
  6. 2019 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.
  7. ކުރިއަށްއޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުރުން.  
  8. ޙިއްޞާދާރުން ޚިޔާލުފާޅުކުރެއްވުން.
  9. ޖަލްސާ ނިންމުން.

 

2018 ވަަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ފަރާތްތައް

2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 03 ޖޫން 2019 ވާ ހޯމަދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

 

ޖަލްސާއަށް ރެޖިސްޓަރކުރުން

ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން މިކުންފުނީގެ "އަހަރީ އާންމު ޖަލްސާ 2018 އަށް ރަޖިސްޓަރކުރުމަށް އެދޭ ފޯމް" މެދުވެރިކޮށް 13 ޖޫން 2019 ދުވަހުގެރޭ 09:00 ގެ ކުރިން ރެޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ.

"އަހަރީ އާންމު ޖަލްސާ 2018 އަށް ރެޖިސްޓަރކުރުމަށް އެދޭ ފޯމް" ކުުންފުނީގެ ވެބްސައިޓުން އަދި އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓުން (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާ) ލިބިވަޑައިގަންނަވާނެއެވެ. މި ފޯމް ފުރުއްވުމަށްފަހު، [email protected] އަށް އީމެއިލްކުރައްވައިގެން ނުވަތަ 3323221 ނަންބަރަށް ފެކްސްކުރައްވައިގެނ 

ނުވަތަ އެމްޓީސީސީގެ އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓަށް (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާ) ހުށަހަޅުއްވައިގެން ރެޖިސްޓަރކުރެއްވުމަށް ދަންނަވަމެވެ. ޖަލްސާއަށް ރެޖިސްޓަރކުރައްވާއިރު ފޯމާއެކު ހުށަހެޅުއްވުމަށް ބަޔާންކޮށްފައިވާ އެންމެހާ ލިޔެކިއުންތައް ހުށަހެޅުއްވުމަށް ޙިއްސާދާރުންގެ އަރިހުން އެދެމެވެ. ޖަލްސާއަށް ރެޖިސްޓަރކުރައްވާ ފަރާތްތަކަށް ރެޖިސްޓަރކޮށްފައިވާކަމުގެ ސްލިޕެއް ހަވާލުކުރެވޭނެއެވެ. ޖަލްސާއަށް ވަޑައިގަންނަވާއިރު މިސްލިޕް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.  

 

ޕްރޮކްސީ ހުށަހެޅުން

2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ބަދަލުގައި އެހެން ފަރާތެއް ފޮނުއްވަން ބޭނުންފުޅުވާ ޙިއްޞާދާރުން މިކުންފުނީގެ "ޕްރޮކްސީ ފޯމް"، ފުރިހަމަކުރެއްވުމަށްފަހު 13 ޖޫން 2019 ދުވަހުގެރޭ 09:00ގެ ކުރިން [email protected] އަށް ނުވަތަ އެމްޓީސީސީގެ އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓަށް (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާ) ނުވަތަ 3323221 ނަންބަރަށް ފެކްސްކުރައްވައިގެން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން، ޖަލްސާއަށް ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވާ ފަރާތްތަކަށް ރެޖިސްޓަރކޮށްފައިވާކަމުގެ ސްލިޕެއް ހަވާލުކުރެވޭނެއެވެ. ޖަލްސާއަށް ވަޑައިގަންނަވާއިރު މިސްލިޕް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.    

ޢައްޔަންކުރައްވާފައިވާ ޕްރޮކްސީއެއް ބާތިލްކުރައްވަން ބޭނުންފުޅުވާ ނަމަ މިކުންފުނީގެ "ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް"، ފުރިހަމަކުރެއްވުމަށްފަހު 15 ޖޫން 2019 ވަނަ ދުވަހުގެ ރޭ 08:00ގެ ކުރިން [email protected] އަށް ނުވަތަ އެމްޓީސީސީގެ އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓަށް (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާގައިވާ) ނުވަތަ 3323221 ނަންބަރަށް ފެކްސްކުރައްވައިގެން ހުށަހެޅުއްވުން އެދެމެވެ. 

"ޕްރޮކްސީ ފޯމް" އަދި "ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް" ކުންފުނީގެ އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓުން (އެމްޓީސީސީގެ މައި އޮފީހުގެ 07 ވަނަ ފަންގިފިލާގައިވާ)އަދި އެމްޓީސީސީގެ ވެބްސައިޓް: www.mtcc.com.mv އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

 

ޖަލްސާގައި ހާޒިރީ މާކުކުރުން

ޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަރކުރައްވާފައިވާ ޙިއްޞާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންގެ ހާޒިރީ މާކުކުރުމަށް ހަމަޖެހިފައިވަނީ
15 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:00 އިން އެރޭގެ 08:45 އަށް ހޮޓަލް ޖެންގެ ބޯލްރޫމްްގައެވެ. ހާޒިރީ މާކުކުރުމަށް ވަޑައިގަންނަވާއިރު، ރެޖިސްޓްރޭޝަން ސްލިޕް އަދި އެފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު، ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެން ވަޑައިގެން ދެއްވުމަށް ދަންނަވަމެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ، މަތީގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމުގެ ކުރިން ހާޒިރީ މާކުކުރައްވާ ފަރާތްތަކަށެވެ. 

 

އެޖެންޑާ އައިޓަމްތަކާއި ގުޅޭ އިތުރު މަޢުލޫމާތު

އެޖެންޑާ އައިޓަމް 2: 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން .

2017 ވަނަ އަހަރުގެ އަަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވާނީ ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި
ނަންބަރު: MTCC-IRD/IU/2018/0117 އިޢުލާނުން (26 އޮގަސްޓް 2018) އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

 

އަދި މި ޔައުމިއްޔާއަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު ވާނީ 30 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ޔައުމިއްޔާއަށް އެއްވެސް ޙިއްޞާދާރަކު އިސްލާހު ހުށަހަޅުއްވާފައެއް ނުވެއެވެ.

 

އެޖެންޑާ އައިޓަމް 3 އަދި 4: 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު 96/10، ކުންފުނީގެ ހިންގާ ޤަވާޢިދު، ކޯޕޮރޭޓް ގަވަރނަންސް ކޯޑު، ކޮންޓިނިއުއަސް ޑިސްކްލޯޝަރ އޮބްލިގޭޝަން އޮފް އިޝުއާރސް ރެގިއުލޭޝަން 2010 އަދި ލިސްޓިންގ ރޫލްސްގެ ދަށުން ކުންފުނީގެ މާލީ ބަޔާންތަކާއި އަހަރި ރިޕޯރޓް މާލީ އަހަރު ނިމޭތާ 04 މަސްހަމަވުމުގެ ކުރިން ޝާއިޢުކުރަންޖެހެއެވެ. ނަމަވެސް ކުންފުނީގެ މާލީ ބަޔާންތައް ނިންމުމުގައި ދިމާވިދަތިތަކާއި ގުޅިގެން، ކުންފުނީގެ މާލީ ބަޔާންތަކާއި އަހަރި ރިޕޯރޓް ޝާއިޢުކުރުމުގެ މުއްދަތު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ 26 މެއި 2019ގެ ނިޔަލަށް އިތުރުކޮށްދެއްވާފައެވެ. ކުންފުނީގެ 2018 ވަނަ އަހަރުގެ މާލީ ބަޔާންތަކާއި އަހަރީ ރިޕޯރޓް ވަނީ 26 މެއި 2019ގައި ޝާއިޢުކޮށްފައެވެ.  

 

އެޖެންޑާ އައިޓަމް 5: 2018 ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުން

2018 ވަނަ އަހަރުގައި ކުންފުންނަށް ލިބިފައިވާ ފައިދާ ދަށްވެފައިވާތީ އާއި، 2019 ވަނަ އަހަރުގެ މާލީ ހާލަަތަށް ރިއާޔަތްކޮށް 2018 ވަނަ އަހަރުގެ ޙިއްޞާ ފައިދާ ނުބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުއްވުމަށް، މިކަންވާނީ ހިއްސާދާރުންގެ މައުލޫމާތައްޓަކައި ނަންބަރު: MTCC-IRD/IU/2019/0079 އިޢުލާނުން (18 މެއި 2019) އާންމުކޮށް އަންގާ އިޢުލާންކޮށްފައިވާނެއެވެ.

 

އެޖެންޑާ އައިޓަމް 6: 2019 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން

2019 ވަނަ އަހަރު ކުންފުނި އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާންއާއި ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތަފްސީލް ތިރީގައިއެވަނީއެވެ.

 

އޮޑިޓް ފާރމް

ހުށަހެޅުއްވި އަގު    (ރުފިޔާއިން)

ފާއިތުވި އަހަރު ކުންފުންޏާއެކު މަސައްކަތެއްކުރައްވާފައިވާނަމަ އެކަން

ޕްރައިސްވޯޓަރހައުސްކޫޕާރސް

400,262

ނެތް

ކޭޕީއެމްޖީ

418,700

ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން

 

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2019 ވަނަ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި ހަމަޖެއްސުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފަރާތަކީ، ޕްރައިސްވޯޓަރހައުސްކޫޕާރސް އެވެ.

 

އެޖެންޑާ އައިޓަމް 7: ކުރިޔަށްއޮތް އަހަރަށް ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން

ކުރިއަށްއޮތް އަހަރަށް ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރާތްތައް:-

  1. އަލްފާޟިލް މުޙައްމަދު ފަހީމް (ޗެއަރމަން)              ހިޔާވަހި، ނ.ކުޑަފަރި
  2. އަލްފާޟިލް ޙަސަން ޝާހް (ޗީފް އެގްޒެކެޓިވް އޮފިސަރ)       ބަގީޗާގެ، ސ.މަރަދޫފޭދޫ

 

  1. އަލްފާޟިލް ޝާހިދު ޙުސައިން މޫސާ (އެގްޒެކެޓިވް ޑިރެކްޓަރ)    އިހާ، ޅ.ހިންނަވަރު
  2. އަލްފާޞިލް ޢަބްދުﷲ ޝާޢިރު                    މ.ފުރަހަނިއާގެ، ކ.މާލެ
  3. އަލްފާޟިލް ސިނާން ޢަލީ                       ދަފްތަރު ނަންބަރު ދރ 950، ކ.މާލެ

 

މިކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ  ޑިރެކްޓަރުންގެ 02 މަޤާމަށް ކުރިމަތިލެއްވީ 04 ފަރާތެވެ. މިފަރާތްތައް އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްސީލްކުރުމަށް، އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވަނީ ތިރީގައި އެވާ 04 ފަރާތެވެ.

  

  1. އަލްފާޟިލާ ޢާއިޝަތު ޙުސައިން މަނިކު،           ހ.ރީދޫކޮކާގެ، ކ.މާލެ
  2. އަލްފާޟިލް ފަތުޙުﷲ އިސްމާޢީލް،              ފީރޯޒުގެ، ހއ.ކެލާ
  3. އަލްފާޟިލް އަޙްމަދު އަބޫބަކުރު،               ދަފްތަރު ނަންބަރު 95-698، ކ.މާލެ
  4. އަލްފާޟިލާ ނާޝިމާ ޢަބްދުލްލަޠީފް،              މ.ލައިޓްޝެޑޯރ، ކ.މާލެ

 

މިފަރާތްތަކާއި ބެހޭ މަޢުލޫމާތު މިކުންފުނީގެ ނަންބަރު:MTCC-IRD/IU/2019/0080  އިއުލާނުން 19 މެއި 2019 ގައި ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށްފައެވެ. 

 

ޖަލްސާގައި ވޯޓްދިނުން

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުންފުނީގެ ކޮންމެ ޢާންމު ޖަލްސާއެއްގައިވެސް ވޯޓް ދޭނީ އަތް އުފުލައިގެންނެވެ. ނަމަވެސް ކުންފުނީގެ ޙިއްޞާގެ އަށްވުރެ މަދުނޫން އަދަދެއް ތަމްޞީލްކުރާ މެމްބަރުން އެދިއްޖެނަމަ، މެމްބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ކޮންމެ ޙިއްޞާއަކަށް ވޯޓެއްގެ ނިސްބަތުން، ޕޯލް ވޯޓްދޭގޮތަށް ހަމަޖައްސަންވާނެއެވެ.  

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަތް އުފުލައިގެން ވޯޓް ދޭއިރު ޙާޟިރުވި ކޮންމެ ޙިއްޞާދާރަކަށް ވެސް ދެވޭނީ އެއް ވޯޓެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މެމްބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ވޯޓުދޭއިރު ޙާޟިރުވި ކޮންމެ މެމްބަރަކަށްވެސް އޭނާ ގަނެފައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ގެ ގޮތުން ޕޯލް ވޯޓެއް ދެވިދާނެއެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުންފުނީގެ ޢާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމުގައި އަތް އުފުލައިގެން ވޯޓްދިނުމުގެ ބަދަލުގައި ޖަލްސާއަށް ހާޟިރުވި ކޮންމެ ޙިއްޞާދާރަކަށް އަދި ޕްރޮކްސީ މެދުވެރިކޮށް ތަމްސީލުކުރެވިފައިވާ ކޮންމެ ޙިއްޞާދާރަކަށް، އެޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ އާންމު ޙިއްޞާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ކޮންމެ ގޮނޑިއަކަށް އެއް ވޯޓް ދެވޭ އުޞޫލުން ވޯޓް ފޮއްޓަށް ވޯޓް ލެވިދާނެއެވެ. މިގޮތުން ވޯޓު ދިނުމުގައި ހުސްވެފައިވާ ގޮނޑީގެ އަދަދަށްވުރެ ގިނައިން ޙިއްޞާދާރަކު އަދި ޕްރޮކްސީ މެދުވެރިކޮށް ބަދަލުގައި ވޯޓުލާ ފަރާތުން ވޯޓު ދީފައިވާނަމަ އެ ޙިއްޞާދާރެއްގެ ނުވަތަ ޕްރޮކްސީ ވޯޓެއް ބާތިލްވާނެއެވ 

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޑިރެކްޓަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓުގެ ނަތީޖާގައި އެންމެ މަތިން ވޯޓު ހޯދާފައިވާ ފަރާތްތައް އެއްވަރުވެއްޖެ ނަމަ، ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރެވޭ މެމްބަރުން ކަނޑައަޅާނީ އެއްވަރަށް ވޯޓު ހޯދާފައިވާ ފަރާތްތަކުން އެކަނި ހިމެނޭގޮތަށް އަލުން ނަގާ ވޯޓެއްގެ ނަތީޖާ އިންނެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 60 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޖަލްސާ އެއްގައި ވޯޓަށް އެހުމުން، ދެފަރާތުގެ ވޯޓް އެއްވަރު ވެއްޖެނަމަ، އެ ވޯޓް ނެގުނީ، އަތް އުފުލައިގެން ވޯޓް ދޭގޮތަށް ކަމަށްވިޔަސް ނުވަތަ ޙިއްޞާއަކަށް ވޯޓެއްދޭ އުޞޫލުންކަމަށް ވިޔަސް އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ކާސްޓިންގ ވޯޓެއް ދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 61 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުންފުނީގެ ޙިއްޞާދާރުންގެ ޖަލްސާއެއްގައި ދެވޭ ވޯޓެއްގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ހަމައެކަނި ފަރާތަކީ އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތެވެ.

ކުންފުނީގެ ހިންގާ ޤަވާއިދުގެ 62 ވަނަ މާއްދާގައިވާގޮތުގެ މަތީން އެހެން ގޮތަކަށް ހިންޤާ ޤަވާއިދުގައި ބަޔާންކުރެވިފައި ނުވާހާހިނދަކު ބައްދަލުވުމެއްގައި ވޯޓަށް ހުށަހަޅާ ޙިއްޞާދާރުންގެ ޚާއްސަ ޤަރާރެއް ފާސްވާނީ ޙިއްޞާދާރުންގެ އާންމު ޖަލްސާއަކަށް ހާޒިރުވެ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުންގެ އަޣްލަބިއްޔަތު ލިބިއްޖެނަމައެވެ. ޙިއްޞާދާރުންގެ ޚާއްސަ ޤަރާރު އިއްތިފާޤުން ނުވަތަ ވަކި އަޣުލަބިއްޔަތަކުން ފާސްވެއްޖެކަމަށް ނުވަތަ އެ ޤަރާރު އަޢުލަބިއްޔަތު ނުވަތަ ވަކި އަޣުލަބިއްޔަތެއް ނުލިބިގެން ފާސްނުވާކަމަށް ބަޔާންކޮށް ވޯޓުގެ ނަތީޖާ ރިޔާސަތުން އިޢުލާނުކޮށް، އެކަން ޔައުމިއްޔާގައި ލިޔުމުން، އެ ޤަރާރަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ދިން ވޯޓުގެ ޢަދަދު ޔައުމިއްޔާގައި ލިޔެފައި ނެތްކަމުގައިވީ ނަމަވެސް އެ ޤަރާރަކާ ބެހޭގޮތުން ނިންމި ނިންމުމުގެ ފުރިހަމަ ދަލީލަކަށް ފުދޭނެއެވެ.   

ވީމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                         ......................................        

22 ރަމަޟާން 1440                                   

                               27 މެއި 2019                               

27 މޭ 2019
ހޯދާ