މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޮންޓްރެކްޓް މަޤާމުތަކަށް މީހުން ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއެވެ.

މަގާމު

މެކޭނިކަލް އިންޖިނިއަރ (ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

(މަހަކު) -/5610 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު

  • މެރިން އިންޖިނިއަރިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5،6 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މި ދާއިރާގައި މެރިން އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ގާބިލުކަން ހުރުމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަގާމު

މެކޭނިކް (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

(މަހަކު) -/5020 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މެރިން އިންޖިނިއަރިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޖީ.ސީ.އީ އޯލެވެލް ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
  • މި ދާއިރާގައި މެރިން އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ގާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަގާމު

ފަޅުވެރި

ބޭނުންވާ ޢަދަދު

6 (ހައެއް)

މުސާރަ

(މަހަކު) -/4465 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
  • މިދާއިރާގައި ލޯންޗް ފަޅުވެރިއެއްގެގޮތުން 4 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ގާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

 

މަގާމު

ވޮޗަރ (ޖީ.އެސް-2)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

(މަހަކު) -/4000 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
  • މި ދާއިރާގައި 4 އަހަރު ދުވަހު މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހުރުމާއެކު ފުރިހަމަ ސިއްހަތެއްގައި ހުރުން.

މަގާމު

މަސައްކަތު/ އާރަށް (ޖީ.އެސް-4)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

(މަހަކު) -/4865 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

އިތުރު ޢިނާޔަތްތައް

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާއަށްއެދި ހުށަހަޅުއްވާ ސިޓީތައް އީ މެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

             21 ރަމަޟާން 1440

26 މޭ 2019
ހޯދާ