ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ފުރުޞަތު

ސާރކް ޤައުމުތަކުގެ ފަރާތުން ނިއުދިއްލީގައި ހިންގަމުންދާ ސައުތު އޭޝިއަން ޔުނިވަރސިޓީގައި މާސްޓަރސް އަދި ޕީ.އެޗް.ޑީ ފެންވަރުގައި ކިޔެވުމުގެ ފުރުޞަތު ސާރކްގެ ހުރިހައި ޤައުމުތަކުގެ ދަރިވަރުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މިއަހަރު ޖުލައި މަހުގައި ފެށޭ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު މިއަހަރުގެ 3 މާރިޗުގެ ނިޔަލަށް ސައުތު އޭޝިއަން ޔުނިވަރސިޓީއަށް ފޮނުވަން ޖެހޭކަމަށް މިޑިޕާޓްމަންޓަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިއަހަރު މާސްޓަރސް އަދި ޕީ.އެޗް.ޑީ ލެވެލްއަށް ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ތިރީގައި މިވަނީއެވެ.

  1. އެޕްލައިޑް މެތަމެޓިކްސް
  2. ބަޔޯޓެކްނޮލޮޖީ
  3. ކޮމްޕިއުޓަރ ސައިންސް
  4. ޑިވެލޮޕްމަންޓް އިކޮނޮމިކްސް
  5. ލީގަލް ސްޓަޑީޒް
  6. އިންޓަނޭޝަނަލް ރިލޭޝަންސް
  7. ސޯޝިއޮލޮޖީ

ސައުތު އޭޝިއަން ޔުނިވަރސިޓީއަކީ ރާއްޖެއިންވެސް ޗަންދާ ދައްކައިގެން ހިންގާ ޔުނިވަރސިޓީއަކަށްވާތީ، މިޔުނިވަރސިޓީގައި ކިޔަވަން ބޭނުންވާ ރާއްޖޭގެ ދަރިވަރުންނަށް ވަރަށް އަގުހެޔޮކޮށް ކިޔެވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި ދިއްލީގައި ހުރުންވެސް ވަރަށް ޚަރަދުކުޑަކޮށް ހަމަޖެހިގެން ދާނެއެވެ. ކޯސްތަކަށް ހޮވުމުގައި ބެލެވޭ ޝަރުޠުތަކާއި އިތުރު ތަފުސީލުތައް، ސައުތު އޭޝިއަން ޔުނިވަރސިޓީގެ ވެބްސައިޓް www.sau.ac.in އިން ލިބެން ހުންނާނެއެވެ.

ވީމާ މިކޯސްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯހަށް އެޕްލައިކުރުމުގެ ކަންތައް ސައުތު އޭޝިއަން ޔުނިވަރސިޓީގެ ވެބްސައިޓުން އޮންލައިންކޮށް ކުރިއަށް ގެންދެވެން އޮތްކަމުގައި އާންމުކޮށް އެންގުމުގެ ގޮތުން ދެންނެވީމެވެ.

11 ރަބީޢުލްއާޚިރު 1435

11 ފެބުރުވަރީ 2014
ހޯދާ