މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް – 2019 އަށް 01 ވަނަ އިޞްލާޙް ގެނައުން

ބ. ތުޅާދޫއިން ދިރިއުޅުމަށް ބަންޑާރަގޯތިދޫކުރުމުގެއުޞޫލް 2019 އަށް 01  ވަނައިޞްލާޙްގެނައުން

       މިއީ، "ބ. ތުޅާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް – 2019"  އަށް އިޞްލާޙް ގެނައުމަށް،2019 މެއި 23 ވަނަ ދުވަހު ބޭއްވުނު ތުޅާދޫ ކައުންސިލްގެ 03 ވަނަ ދައުރުގެ 89 ވަނަ ޢާއްމު ޖަލްސާއިން ފާސްކުރުމާ ގުޅިގެން އެ އުޞޫލަށް ގެނެވިފައިވާ އިޞްލާހެކެވެ.

2019 މެއި 02 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރި ކޮށްފައިވާ ނަންބަރު: (IUL)321/321/2019/63 (02 މެއި 2019) އިޢުލާނާއެކު ޢާއްމުކޮށްފައިވާ "ބ. ތުޅާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް – 2019" އަށް އަންނަނިވި އިޞްލާޙް ގެނައުން

 

  1. ބުނެވިދިޔަ އުޞޫލްގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިޞްލާޙް ކުރުން

 

3. (ހ) ގޯތިލިބޭފަރާތްތައް ކަނޑައެޅުމަށާއި ގޯތި ދިނުމުގެ ކަންކަން ވިލަރެސްކުރުމަށް ރަށުކައުންސިލުން ކަނޑައަޅާ ޢަދަދެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަންވާނެއެވެ. މި ކޮމިޓީގައި ކައުންސިލްގެ 3 (ތިނެއް) މެމްބަރުންގެ އިތުރުން ކައުންސިލް އިދާރާގެ އިދާރީ ވެރިންގެ ތެރެއިން 3 (ތިނެއް) ބޭފުޅުންނާއި، ރަށުގައި ހުރި ސަރުކާގެ މުއައްސަސާތަކުގެ ތެރެއިން އެ މުއައްސަސާއަކުން ކަނޑައަޅުއްވާ 1 (އެކެއް) ބޭފުޅަކާއި، ރަށުގައި އެންމެ ޙަރަކާތްތެރި ދެ ޖަމްޢިއްޔާއަކުން ކުރެ އެ ޖަމްޢިއްޔާއަކުން ކަނޑައަޅުއްވާ 1 (އެކެއް)  ބޭފުޅަކާއެކު ޖުމްލަ 11 މެމްބަރުން ހިމަނަން ވާނެއެވެ.

 

2. މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. 

 

23 މޭ 2019
ހޯދާ