ދިވެހިރާއްޖެ
އިރުވައިކޮޅުން ދަނޑުވުވެރިކަން ކުރުމަށް ބިންދޫކުރާ ސަރަހައްދުން 26 ބިން ( ބިމެއްގެ ބޮޑުމިން 4000 އަކަފޫޓް ) ބިމެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ. ކައުންސިލުން ކަނޑައަޅާ ކުލީގެ އަގަކީ އަކަފޫޓަކަށް 0.05 ( ސުމެއް ޕޮއިންޓް ސުމެއް ފަހެއް ލާރި ) ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށްދޫކުރެވޭނީ އަކަފޫޓަކަށް 0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް ލާރި ) އިން އަށްވުރެ މަތިން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ.
- ބިންދޫކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 މޭ 2019 ވާ އާދިއްތަ ދުވަހުގެ 10:15 ގައި މިއިދާރާގައެވެ.
- ޕްރޮޕޯޝަލް ބަލައިގަތުން އޮންނާނީ 30 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 10:15 ގައި މިއިދާރާގައެވެ.
ބިންދޫކުރުމާބެހޭ ގޮތުން ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުންވެސް މިކަމަށް ޝައުގުވެރިވެލައްވާނަމަ ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ޕްރޮޕޯޝަލް ހުށަހެޅުމަށް، ޕްރޮޕޯސަލް ހުށަހަޅާފަރާތް ބައިވެރިވެވެން ނެތް ހާލަތްތަކުގައި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.