ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ގެ ހިއްސާދާރުންނަށް 2018 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ
16 މޭ 2019 ވީ ބުރާސްފަތި ދުވަހު ބޭއްވި މި ކުންފުނީގެ 2018 ވަނަ އަަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2018 ވަނަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާއަކަށް -/58ރ. (ފަންސާސް އަށް ރުފިޔާ) ބެހުމަށް ފާސްކޮށްފައިވާތީ، 23 މޭ 2019 ވާ ބުރާސްފަތި ދުވަހުންް ފެށިގެން މި ފައިސާ، އެސްޓީއޯ ޕލކ ގެ މައި އޮފީހުން ދޫކުރަން ފެށޭނެ ވާހަކަ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ހިއްސާގެ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ ހިއްސާގެ ސެޓްފިކޭޓް ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެެހެން ފަރާތެއް ފޮނުއްވާނަމަ، އެފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހިއްސާދާރުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް މިހާރު ރަޖިސްޓަރކުރައްވާފައިވާ ފަރާތްތަކުގެ އެކައުންޓަށް، 23 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަަލަށް ފައިސާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ބޭންކް އެކައުންޓަށް އަލަށް ޖަމާކުރަން ބޭނުންފުޅުވާ ފަރާތްތަކުން "ބޭންކް އެކައުންޓަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މައި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. މިފަދައިން ހުށަހެޅޭ ފޯމްތަކަށް، ފޯމް ހުށަހަޅުއްވާތާ ހަފްތާއެއްގެ ތެރޭގައި ޑިވިޑަންޑު ޖަމާކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ހަމަމިއާއެކު، މިހާތަނަށް ދޫކޮށްފައިވާ ހިއްސާގެ ފައިދާ ނުނަންގަވާ ވާ ފަރާތްތަކުން، އެފައިސާ ނެންގެވުމަށްވެސް އިލްތިމާސްކޮށް، ހަނދުމަކޮށް އަރުވަމެވެ.
އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
20 މޭ 2019