އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެގްޒެކްޓިވް ހައުސްކީޕަރ (ކޮންޓްރެކްޓް އުސޫލުން)

މަޤާމް :އެގްޒެކްޓިވް ހައުސްކީޕަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

އިއުލާން 

 މި ހޮސްޕިޓަލުގައި އެގްޒެކްޓިވް ހައުސްކީޕަރގެ މަގާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެގްޒެކްޓިވް ހައުސްކީޕަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ސެކްޝަން

އެސްޓޭޓް ޑިޕާޓްމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

މުސާރަ:

 

މަސައްކަތު މުއްދަތު:

މަސައްކަތްކުރަންޖެހޭ ވަގުތު:

މަހަކު -/20000 ރުފިޔާއާއި -/15000 ރުފިޔާއާއި ދެމެދު (މުސާރަ ކަނޑައަޅާނީ ފުރިހަމަކޮށްފައިވާ ތައުލީމާއި ތަމްރީން އަދި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެންނެވެ.)

1 އަހަރު (މީލާދީ)

ދުވާލަކު މަދުވެގެން 8 ގަޑިއިރު ރަސްމީ ގަޑި (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރި ނަމަވެސް އިތުރުގަޑީގެ ފައިސާ ނުދެވޭނޭއެވެ.)

މަޤާމްގެ މަސްއޫލިއްޔަތުތަކާއި           ވާޖިބުތައް:

މައިގަޑު ޒިންމާތަކުގެ ތެރޭގައި މާލެ ހޮސްޕިޓަލްސް ގޮތުގައި ނިސްބަތްވާ ހޮަސްޕިޓާތަކުގެ ހަވާލުކުރެވޭ ތަންތަނުގެ ސާފުތާހިރުކަމާއި ގުޅޭ އެންމެހާމަސައްކަތްތައް ކުރުވާ ބެލެހެއްޓުން، މިތަންތަނުގެ ކުނި މެނޭޖް ކުރުން، ހޮސްޕިޓާތަކުގެ ލިނެންސް ތަކުގެ ސާފުތާހިރުކަން ޔަގީންކުރުން އަދި ހައުސް ކީޕިންގް ޔުނިޓްެގެ ހުރިހާ މުއަައްޒަފުންގެ އެންމެހާ ކަންތައްތައް ބެލެހެެއްޓުންހިމެނެއެވެ.

(އަދި މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ މައުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އިއުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)

މަޤާމުގެ ޝަރުތުތައް:

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ހޮޓެލް މެނޭޖްމަންޓް އެންޑް ހޮސްޕިޓަލިޓީ / ހައުސްކީޕިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ހޮޓެލް މެނޭޖްމަންޓް އެންޑް ހޮސްޕިޓަލިޓީ / ހައުސްކީޕިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ހޮޓެލް މެނޭޖްމެންޓް އެންޑް ހޮސްޕިޓަލިޓީގެ ހައުސްކީޕިން/ސެނިޓޭޝަން މަސައްކަތުގެ ދާއިރާއިން  މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

- ހައުސްކީޕިންގް ރޮގުން ދިރާސާކުރުމާއި، ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

- ހައުސްކީޕިންގް ރޮގުން މެނޭޖްމެންޓްދާއިރާގެ މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާލިޔުން. ނުވަތަ މިއިއުލާންއެކު މިވާ ރިފެންރެންސް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ސިޓީ އާއި ލިޔުންތައް ހުށަހަޅާނީ  މެއި 29 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]  އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ،9 ޖޫން 2019އާއި 20 ޖޫން 2019އާއި ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ. އަދި އިންޓަރވިއު އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335343 ނަންބަރު ފޯނަށް ނުވަތަ 3335234 ނަންބަރު ފޯނަށެވެ.

 

15 ރަމަޟާން 1440

20 މެއި 2019

19 މޭ 2019
ހޯދާ