މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން

ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކެޑުމަށްޓަކައި ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) އަށް ގެނުވުނު 15 ވަނަ އިސްލާހާއި ގުޅިގެން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް 10 ޖެނުއަރީ 2019 ވަނަ ދުވަހު ވަނީ ގެޒެޓްކުރެވިފައެވެ. މިފަދަ ލިސްޓެއް ޤާއިމް ކުރުމުގެ މަޤްޞަދަކީ ސީދާ ދަނޑުވެރިކަމަށް ގެންނަ ތަކެތި ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދެވި މިކަމުން މިޞިނާޢަތުން ކުރިއެރުން ހޯދުމަށްޓަކައެވެ. އަދި ދަނޑުވެރިކަމަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި، ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ. 

މިގޮތުން މިހާރު އަމަލުކުރަމުންގެންދާ 10 ޖެނުއަރީ 2019 ލިސްޓަށް ގެނެވޭ ފުރަތަމަ އިސްލާހާ އެކު އައު ލިސްޓް ގެޒެޓް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

16 މޭ 2019
ހޯދާ