މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Indian Institute of Technology Roorkee Program 2019

Indian Institute of Technology Roorkee Program 2019

 

އިންޑިއާގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ރޫރްކީގައި ހިންގުމަށް ހަމަޖެހިފައިވާ  ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި  މާސްޓަރސް ޑިގްރީ ލެވެލްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އިންޑީއާ ސަރުކާރުން ވަނީ އަންގަވާފައިވެއެވެ. މި ކޯހާގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ.   

 

 

        ވީމާ، މި ޕްރޮގްރާމްގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރައްވައި އެޕްލިކޭޝަން ސިޓީ އުރައެއްގައި ބަންދުކޮށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް 22 މެއި 2019ގެ 12.00ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

 

 

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

 

14 މޭ 2019
ހޯދާ