ދިވެހިރާއްޖެ
ގއ.ވިލިނގިލި އެސްޓީއޯ ފިހާރައިންވިއްކާއެއަރކޮންޑިޝަން 02 އަހަރު ދުވަހުގެ މުއްދަތަށް އިންސްޓޯލް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރި ޢިއުލާން
(60-ADM/2019/97) ބާތިލްކޮށް އަލުން ޢިއުލާން ކުރަމެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2019 މެއި 19 ވާ އާދީއްތަ ދުވަހު 1100 ގެ ކުރިން ގއ.ވިލިނގިލި އެސް.ޓީ.އޯ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 މެއި 19 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 މެއި 20 ވާ ހޯމަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ގއ.ވިލިނގިލި އެސް.ޓީ.އޯ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 މެއި 21 ވާ އަންގާރަ ދުވަހުގެ 1200 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 މެއި 22 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 މެއި 27 ވާ ހޯމަ ދުވަހު 1400 ގައި ގއ.ވިލިނގިލި އެސް.ޓީ.އޯ ފިހާރައިގައެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: , 30126793344262
ފެކްސް: 3443363
އީމެއިލް: [email protected]
13 މެއި 2019