މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މަޤާމް:                ޕްލޭނިންގ އޮފިސަރ

މާޤާމުގެ ނަންބަރު:          J-304709

ބޭނުންވާ އަދަދު:           1 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           އެމް.އެސް 2

މާޤާމުގެ ކްލެސިފިކޭޝަން:     ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން :            ރެޖިސްޓްރޭޝަން އަދި އައި.އާރު / މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން

ވަޒީފާއޮތް އޮފީސް:         މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:    ވެލާނާގެ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މަޤާމުގެ މުސާރަ:          6295.00 ރުފިޔާ

ސަރވިސް އެލަވަންސް:      2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް2:   900.00 ރުފިޔާ

އިތުރު އިނާޔަތްތައް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                   2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                    

 މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          މަތީތަޢުލީމާއިބެހޭ ޕްލޭންތައް އެކުލަވާލުމާއި މަތީތަޢުލީމުގެ ލޯންއާއި ސްކޮލަރޝިޕް ދިނުމާއި އަދި މިނޫންވެސް އެހެނިހެން އުސޫލުތައް އެކުލަވާލުމުގެ ރިސާޗް ހެދުން.

-          މަތީތަޢުލީމާ ބެހޭ ޕޮލިސީއާއި ޕްލޭނިންގއާއި ބެހޭ ސިޓީތަކަށް ޖަވާބު ދިނުން.

-          މަތީތަޢުލީމާ ބެހޭ ޕްލޭންތައް އެކުލަވާލުމަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވޭ ވާރކްޝޮޕްތަކާއި ސެމިނަރ ފަދަ ބައްދަލުވުންތަކުގެ ލޮޖިސްޓިކްސް ރޭވުމާއި އިދާރީ މަސައްކަތްކުރުމުގާއި، ކަމާގުޅޭ އެހެން މުވައްޒަފުން ލައްވައި މަސައްކަތްކުރުވުން.

-          އެކުލަވާލެވިފައިވާ ޕްލޭންތަކުގައިވާ މަސައްކަތްތައް ތަންފީޒުކުރުމަށްޓަކައި ސެކްޝަންތަކާއި އަދި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު ވިލަރެސްކުރުން.

-          އެކުލަވާލެވޭ ޕްލޭންތައް ތަންފީޒުކުރުމަށްޓަކައި އެކިފަރާތްތަކަށް ފޮނުވޭ ސިޓީތައް ފޮނުވުމާއި އެކިފަރާތްތަކުން އަންނަ ސިޓީތަކަށް ޖަވާބުދިނުން.

-          މަތީތަޢުލީމާއި ބެހޭ ޕްލޭންތަކާއި ޕޮލިސީތައް އެކުލަވާލުމަށްޓަކައި އިންޓަރނެޓާއި އެހެނިހެން ފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި ރިސާރޗް ހެދުން.

-          މަތީތަޢުލީމާއި ބެހޭ މަޖިލީހުގެ ނިންމުންތައް ތަންފީޒުކުރުމަށް ނުވަތަ މަޖިލީހަށް ބޭނުންވާ އެނޫންވެސް ޕްލޭންތަކާއި ޕޮލިސީތައް ޑިވެލޮޕްކުރުމާއި ބެހޭ މަސައްކަތް ކުރުން.

-          މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކޮށްދިނުމުގެ ޤަވާޢިދާއި މިންގަޑުތައް އެކުލަވާލައި އަޕްޑޭޓް ކުރަމުން ގެންދިއުން.

-          އަލަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރުމުގެ ކުރިން ބަލަންޖެހޭ ޕްރޮފެޝަނަލް ސްޓޭންޑަޑްތައް ތަނުގައި ހުރިތޯ ބެލުމުގައި ވެރިންނަށް އެހީތެރިވުން. މިގޮތުން ލެކްޗަރއިންނާއި އަދި އެހެން ވެރިންނާ ބައްދަލުކޮށް ރަޖިސްޓްރީކުރަން ހުށަހަޅާ ފަރާތުންދޭ މަޢުލޫމާތު ހޯދައި ސައްހަ މަޢުލޫމާތު ތޯ ބެލުން.

-          މަތީތަޢުލީމުދޭ މަރުކަޒުތަކުގެ ގިންތީ ބަދަލުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ރަޖިސްޓްރޭޝަންއަށް އަންގައި ގިންތި ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދޭތޯ ބެލުން.

-          ސްކިލްސް ޝޯޓޭޖް ލިސްޓް ހެދުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި އެކަމާގުޅޭ ފަރާތްތަކާ ކޯޑިނޭޓްކޮށް މަޢުލޫމާތު އެއްކުރުން އަދި ސްކިލް ޝޯރޓޭޖް ލިސްޓް އެކުލަވައިލުމުގައި އެހީތެރިވެދިނުން.

-          ސްޓައިޕެންޑް ރޭޓު ޤަވާއިދުން ރިވައިޒްކޮށް، ގެންނަށް ފެންނަ ބަދަލުތައް ރިކަމެންޑްކޮށް، އާ ޤައުމުތަށް ރޭޓްތައް ހަމަޖައްސާ ސްކޮލަރޝިޕް ބޯޑަށް އެޕްރޫވްކުރުން.

-          އޮފީސްތަކުގެ ޓްރެއިނިންގ ރިކުއަރމަންޓާއި، ސްކިލްޝޯޓޭޖް ލިސްޓް ތައްޔާރުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުން.

-          މަތީތަޢުލީމުގެ މާސްޓަރޕްލޭންގެ ދަށުން ހިންގަންޖެހޭ ޕްރޮޖެކްޓްތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.

-          މަތީތަޢުލީމާއި ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ހިސާބުތައް ހޯދުމާއި އެރިސަރޗުތަކުގެ މައްޗަށް ބަލައި ރިޕޯޓްތައް ތައްޔާރުކުރުން.

-          ސެކްޝަންގެ އެހެން މުވައްޒަފުން ޗުއްޓީ ނެގުމުން ނުވަތަ ސަލާމަބުނުމުން ވެރިން އަންގާ ގޮތުގެ މަތިން އެފަރާތްތަކުގެ މަސައްކަތް ކުރުން.

-          އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވޯކްޝޮޕްފަދަ ކަންކަމުގައި އެހީތެރިވެދިނުން.

-          އިސްވެ ބުނެވިފައިވާ ކަންކަމުގެ އިތުރުންވެސް ކުއްލިޙާލަތުގައި ދިމާވާ އޮފީހުގެ އެކިއެކި މަސައްކަތްތައް ކުރުން. އަދި ހަވާލުވެފައިވާ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު ކުރުމާއި މުވައްޒަފުންގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި ސިވިލް ސަރވިސްގެ ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތުގެ އަޙުލާޤް ބެހެއްޓުން.

 

 މާޤާމުގެ ޝަރުޠުތައް:

  1. އެޑިއުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މޭ 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް (3341385) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 22 މޭ އާއި 13 ޖޫން 2019 އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިވާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ޝަރުތު ހަމަވާ 10 ބޭފުޅުންނަށްވުރެ ގިނަ ބޭފުޅުން އެދިވަޑައިގެންފިނަމަ އެންމެ މަތީން މާރކްސް ލިބޭ 10 ބޭފުޅުން ޝޯޓުލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަންނަވާނީ އެބޭފުޅުންނަށެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-    45%

އިތުރުމަޢުލޫމާތު:   

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3341303،3341307 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

04 ރަމަޟޯން 1440

09 މޭ 2019

09 މޭ 2019
ހޯދާ