ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC-PRO/1/2019/21)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތައް، މި ކޯޕަރޭޝަންގެ އޮފީސް އިމާރާތް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)MMPRC/1/2019/12 އިޢުލާން، މި ކޯޕަރޭޝަންގެ އޮފީސް ހިންގާ އިމާރާތް އެހެން އިމާރާތަކަށް ބަދަލުކުރުމާއި އަދި އޮފީހުގެ ޖާގަ ބޮޑުވުމާއި ގުޅިގެން، އެ އިޢުލާން ބާތިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މޭ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 މި ކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ އެއްވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މޭ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
03 ރަމަޟާން 1440 ހ.
08 މޭ 2019 މ.