މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހދ.ނައިވާދޫ ސިއްހީމަރުކަޒުގެ ޕޯރޓިކޯ ހެދުމާއި، އެތަނުގައި ކުރަންހުރި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅޭ

އިޢުލާން

ހދ.ނައިވާދޫ ސިއްހީމަރުކަޒުގެ ޕޯރޓިކޯ ހެދުމާއި، އެތަނުގައި ކުރަންހުރި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: IUL)23-AP/23/2019/122)  (އޭޕްރިލް 28 2019) އިއުލާނާއި ގުޅިގެން ރެޖިސްޓަރ ކުރަން ހަމަޖެހިފައިވާ ދުވަހަކީ (05 މޭ 2019)، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ނިންމެވުމާއި ގުޅިގެން  ރެޖިސްޓަރ ކުރުމާއި ޕްރީބިޑް ސެޝަން އަދި އަންދާސީހިސާބު ހުށަހަޅާ ދުވަހަށް ވަނީ ބަދަލުގެނެވިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 މޭ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން 13:30 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ހދ.އެޓޯލް ހެލްތު ސަރވިސަސް އަށް ނުވަތަ ހދ.ނާވައިދޫ ސިއްހީ މަރުކަޒަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ.

އަދި 15 މޭ 2019 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ހދ.އެޓޯލް ހެލްތު ސަރވިސަސް އަދި ހދ.ނާވައިދޫ ސިއްހީ މަރުކަޒުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 މޭ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ  (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ހދ.އެޓޯލް ހެލްތު ސަރވިސަސް އަދި ހދ.ނާވައިދޫ ސިއްހީ މަރުކަޒުގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 މޭ 2019 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

02 ރަމަޟާން 1440

07 މޭ 2019
ހޯދާ