ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:

  • ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް
  • ހުޅުމާލެ އިންޖީނުގެ
  • ކ.ވިލިގިލި އިންޖީނުގެ

ބޭނުންވާ ޢަދަދު:

06

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/5740ރ. އާއި -/12000ރ. ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 10 ގެ ފެންވަރަށް ތައުލީމު ޙާޞިލްކޮށްފައިވުން ނުވަތަ؛
  • މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނީގެ / އިންޖީނުގޭގެ ސެކިއުރިޓީ މަސައްކަތް ކުރުން.

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/5,940ރ އާއި -/10،000ރ ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުމާއި އެކު 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

ހުޅުމާލެ އިންޖީނުގޭގެ ކަސްޓަމަރ ސާރވިސަސް ކައުންޓަރުގެ މަސައްކަތްތައް.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2019 މޭ 12 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަށް ހޮވޭ ފަރާތުގެ މުސާރައާއި އެލަވަންސްތައް ކަނޑައެޅުމުގައި ލިބިފައިވާ ތަމްރީން އަދި ތަޖުރިބާ އަށް ބެލެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

              27 ޝައުބާން 1440 

             02  މެއި   2019

 

05 މޭ 2019
ހޯދާ