ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ގައި ކުނިއުކާލުމާއި، ކުނިނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ކުޑަހުވަދޫ ގައި ކުނިއުކާލުމާއި، ކުނިނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

 

.01

ތަޢާރަފު

 

(ހ)

މިއީ، ޤަވާއިދު ނަންބަރު: 2014/R-1654  " ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާ ލެވިފައިވާ " ކުނި އުކާލުމާއި، ކުނިނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އެވެ.

(ށ)

ކުނި އުކާލާއި ކުނިނައްތާލުމުގައި ޢަމަލުކުރަންވާނީ މި އުޞޫލުގައިވާ ގޮތުގެ މަތިންނެވެ.

(ނ)

މި އުޞޫލަށް ޢާންމުކޮށް ކިޔާނީ " ކުނި އުކާލުމާއި، ކުނިނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" މިހެންނެވެ.

 

02.

ޢަމަލުކުރަން ފަށާ ތާރީޚު

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިންމައި އެތަނުގެ ބޭނުން ކުރަން ފަށާތާރީޚުން ފެށިގެންނެވެ.  

 

.03

ކުނިގޮނޑު

 

މި އުޞޫލުގައިވާ ގޮތުގެމަތިން ކުނި އުކާލުމަށް އަދި ކުނި ނައްތާލުމަށް ކަނޑައަޅާފައިވާ ކުނިގޮނޑަކީ ދ.ކުޑަހުވަދޫގެ އިރުމަތީ ސަރަޙައްދުން ކުނި އެޅުމަށާއި ކުނި ނައްތާލުމަށް ޚާއްޞަ ކޮށްފައިވާ ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރެވެ.

 

04.

ކުނި އުފުލުން

 

(ހ)

ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނީ ޢާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ރަނގަޅަށް ނިވައި ކުރެވިގެންނެވެ. މީހެއްގެ އަތުން ވިޔަސް ނުވަތަ ކުނި އުފުލާ ޚާއްޞަ އުޅަނދެއް، ލޯރީ، ޕިކަޕު، ގާޑިޔާ، ނުވަތަ ވީލްބަރޯފަދަ އެއްޗެއްގައިވެސް ކުނި އުފުލަންވާނީ އެތަކެތި މަގުމައްޗަށް ނުފައިބާނެހެން ރައްކާތެރި ކޮށްގެންނެވެ. ކުނި އެޅުމަށް ޚާއްޞަކުރެވިފައިވާ ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރު ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުނި އެޅުމަކީ މަނާކަމެކެވެ.

 

(ށ)

ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ ވީހާވެސް އަވަހަކަށް އެތަނެއް ސާފު ކުރަންވާނެއެވެ. އަދި ކުނިއެޅުނު ތަނެއް ސާފު ނުކޮށްފިނަމަ މި އުޞޫލުގެ ދަށުން އެއީ މަގުމައްޗަށް ކުނިއެޅުން ކަމުގައި ބެލެވޭނެއެވެ. އަދި ކުޑަހުވަދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރއިން އެތަނެއް ސާފު ކުރުމަށްދިޔަ ޚަރަދު އެކަމަށް ޒިންމާވާ ފަރާތެއްގެ އަތުން އަތުލެވޭނެއެވެ.

 

05.

ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކުނިއެޅުން

 

(ހ)

ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކުނި އަޅަންވާނީ އެކުންޏެއް އެޅުމަށް ޚާއްޞަ ކޮށްފައިވާ ތަނަކަށެވެ. ވަކިބާވަތެއްގެ ކުނިއެޅުމަށް ކަނޑައެޅިފައިވާ ތަނަކަށް އެނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ ކުނިއުކަން ހަމަޖެހިފައިވާ ތަން ނޫން އެހެންތަނަކަށް ކުނިއެޅީކަމުގައި ބެލެވޭނެއެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެތަނެއްގައި ހުންނަވާ އިސްފާރަތެއް އަންގަވާ ގޮތެއްގެ މަތިން ވަގުތުން އެކަން އިސްލާޙް ކުރަންވާނެއެވެ. އަދި އެކަން އިސްލާހް ނުކޮށްފިނަމަ ކައުންސިލުން ކުނިއުކުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރެވޭނެއެވެ. އަދި ކުނި އުކުމުގެ ހުއްދަ އަލުން އައުކުރެވޭނީ ހުއްދަ އައުކުރުމަށް ނަގާ ފީއެއްގެ ގޮތުގައި -/15ރ (ފަނަރަ ރުފިޔާ) ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ދެއްކުމުންނެވެ.

 

(ށ)

އަމިއްލަ ފަރާތްތަކުން ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކުނި އެޅޭނީ މި އުސޫލުގެ މާއްދާ 6 ގައިވާ ގޮތުގެ މަތިންނެވެ. 

 

(ނ)

ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުން ފިޔަވައި އެހެން ފަރާތްތަކުން ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި ގެންދަންވާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 07:30 އިން 11:30 އާއި ދެމެދުގައެވެ. މިނޫން ގަޑިތަކުގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކުނިއެޅޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

 

06.

ވޭސްޓް މެނޭޖުމަންޓް ސެންޓަރަށް އަމިއްލަ ފަރާތްތަކުން ކުނިއެޅުމާއި ގުޅޭ

 

(ހ)

މި އުސޫލުގެ ދަށުން ވަކިވަކި ފަރުދުންނަށް ވޭސްޓްމެނޭޖުމަންޓް ސެންޓަރުގައި ކުނި ނައްތާލުމުގެ ހުއްދަ ލިބިގެން ދާނެއެވެ. މިގޮތަށް ހުއްދަ ލިބިގެންދާނީ ވޭސްޓް މެނޭޖުމަންޓް ސެންޓަރަށް ކުނި ނައްތާލުމަށްޓަކައި ވަންނަ ކޮންމެފަހަރަކު -/20 ރުފިޔާގެ ފީއަކާ އެކުގައެވެ.

 

1

2 ޓަނުގެ ލޮރީ ދަތުރަކަށް : 200ރ (ދުއިސައްތަ ރުފިޔާ)

2

1.5 ޓަނުގެ ޕިކަޕް ދަތުރަކަށް : 150ރ (ސަތޭކަ ފަންސާސް ރުފިޔާ)

3

1 ޓަނުގެ ޕިކަޕް ދަތުރަކަށް :  100ރ (ސަތޭކަ ރުފިޔާ)

4

850 ކިލޯ ގުރާމް ޕިކަޕް ދަތުރަކަށް : 100ރ (ސަތޭކަ ރުފިޔާ)

5

350 ކިލޯ ގުރާމް ޕިކަޕް ދަތުރަކަށް : 100ރ (ސަތޭކަ ރުފިޔާ)

6

ރަށު ޕިކަޕް ދަތުރަކަށް: 100ރ (ސަތޭކަ ރުފިޔާ)

7

އަތް ގާޑިޔާ ދަތުރަކަށް: 30ރ (ތިރީސް ރުފިޔާ)

8

ވީލް ބަރޯ ދަތުރަކަށް: 30ރ (ތިރީސް ރުފިޔާ)

(ށ)

އަމިއްލަ ފަރާތްތަކުން ވޭސްޓް މެނޭޖުމަންޓް ސެންޓަރުގައި ކުނި ނައްތާލެވޭނީ، އެފަރާތަކުން ގެނެވޭ ކުނި ވޭސްޓް މެނޭޖުމަންޓް ސެންޓަރުގެ މުވައްޒަފެއްގެ ހާޒިރުގައި ކުނީގެ ބައިތަކަށް ބަހާ އެބައިތަށް ނައްތާލުމަށް ކަނޑައެޅިވައިވާ ގޮތަށް ނާތާލައި ނިމުމުންނެވެ.

 

07.

ކުނި އެންދުން

 

(ހ)

ކުނިގޮނޑުގައި ކުނި އަންދަންވާނީ އެކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި ނުވަތަ އެކަމަށް ޚާއްޞަކޮށްފައިވާ މެޝިނުގައެވެ.

(ށ)

ކުނިގޮނޑުގައި ކުނި އެންދުން އޮންނާނީ ކޮންމެ ދުވަހަކު ހެދުނު 9:00 އިން 11:30 އަށެވެ.

 

08.

ކުނި ޖަމާކުރުމާއި ބެހެއްޓުން

 

(ހ)

ސަރުކާރުގެ މުވައްސަސާތަކާއި، ކުންފުނި، ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ސްކޫލް ޓިއުޝަން ކުލާސް ފަދަ ތަންތަނާއި، ވިޔަފާރިކުރާ ތަންތަނާއި، އަމިއްލަ މީހުންގެ ގޯތިތަކާއި، ގޭބިސީތަކާއި، އަދި މިނޫންވެސް މިފަދަ ތަންތަނުގައި ކުނި ބަހައްޓަންވާނީ ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން ކުނީގެ ބައިތައް ވަކިކޮށްފައެވެ.

 

01

ކުނިވާ ޒާތުގެ ކާބޯތަކެތި. (މިތަކެތި ބަހައްޓަންވާނީ މަތިޖެހި ޓައްޕެއްފަދަ އެއްޗެއްގައެވެ.)

02

ފަތްކުނި: (ފަތްކުނި ބަހައްޓަންވާނީ ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅާފައެވެ. ފަތްކުންޏާއެކު އެއްވެސް ވަރަކަށް ވެލިއަޅައިގެން ނުވާނެއެވެ.)

03

ދަގަނޑު، ދަގަނޑުދަޅު، އެލްމިނިޔަމް، ކޮޕަރ، ތިމަރަ ފަދަ އެންމެހާ ތަކެތި (މިތަކެތި ބަހައްޓަންވާނީ ގޯންޏެއްގައި ނުވަތަ ފަސޭހައިން ނަގައިގެން ގެންދެވޭފަދަ ގޮތަކަށެވެ.)

04

ޕުލާސްޓިކް ފުޅި، ކޮތަޅު، ޕްލާސްޓިކު ހަން، ފޮތި ފަދަ ތަކެތި (މިތަކެތި ބަހައްޓަންވާނީ ގޯންޏެއްގައެވެ.)

05

ބިއްލޫރީގެ ބާވަތްތައް (މިތަކެތި ބަހައްޓަންވާނީ މަތިޖެހި ޓައްޕެއްގައެވެ.)

06

ނެޕީއާއި ޕެޑްފަދަ ތަކެތި (މިތަކެތި ބަހައްޓަންވާނީ ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅާފައެވެ.)

07

އުނބު، ބޮނބި، ކުރުނބާ ފިހި، ކީސް ކުނޑި ފަދަ ތަކެތި (މިތަކެތި ބަހައްޓަންވާނީ ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅާފައެވެ.)

08

ނުރައްކާތެރި ކުނި: (އެސިޑް، ބެޓެރި، ކައްކާތެޔޮފިޔަވައި އެހެނިހެން ތެޔޮ، ގަސްކާނާގެގޮތުގައި ބޭނުންކުރާ ކެމިކަލްސްއާއި ޑަކްޓަރީ ބޭސްފަދަ ކެމިކަލް، ދޮވުމަށް ބޭނުންކުރާ ކެމިކަލް، ޞިއްޙީ މަރުކަޒުން އުފެދޭ ކެމިކަލް އަދި ބަލިމީހުންނަށް ފަރުވާދީފައި ބާކީ ވާއެންމެހާ ނުރައްކާތެރި  ތަކެތި. (މިތަކެތި ބަހައްޓަންވާނީ މީގެ އެއްވެސް އެއްޗެއް ބޭރުނުވާގޮތަށް ޕްލާސްޓިކް ކޮތަޅެއް ނުވަތަ އެފަދަ އެއްޗެއްގައި ރައްކާތެރިކަމާއެކު ބަންދު ކޮށްފައެވެ.

 

(ށ)

މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ކުނި އުކާނުލައި ޖަމާކޮށްފައި 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ބަހައްޓައިގެން ނުވާނެއެވެ. އަދި ކުނީގެ ބާވަތްތައް ގޯތިން ނެރެ މަގުމަތީގައި ބަހައްޓައިގެން ވެސް ނުވާނެއެވެ.

(ނ)

ޚާއްޞަކޮށް މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަނެއްގައި މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތަށް ބަހައްޓާފައިވާ ކުނީގެ ތެރޭގައި ނުބައިވަސް ދުވާ އެއްޗެއް ނުވަތަ އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ.

(ބ)

ގޯތިތެރޭގައި ބަހައްޓަން ދަތިވާ ވަރަށް އުފެދޭ އަދި އުފައްދާ ގާކުނޑިޔާއި އަދި ކަނޑާފައި ހުންނަ ގިނަ ޢަދަދެއްގެ ރުއްގަސް ފަދަތަކެތި އުކާލެވެންދެން ގޯތިން ބޭރުގައި ބަހައްޓާނަމަ، ބަހައްޓަންވާނީ ކައުންސިލްގެ ހުއްދަޔާއެކު ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކަނޑައަޅާ ތަނެއްގައެވެ.

 

09.

ކުނި އުކާލުމުގެ ޚިދުމަތް ދިނުން

 

(ހ)

ވިޔަފާރި އުސޫލުން ކުނި އުކުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ކުނި އުކާލުމާއި، ކުނި ނައްތާލުމުގެ ޚިދުމަތް ދޭންވާނީ " ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު" އާއި، މިއުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ތިރީގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

(ށ)

މި މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން ކުނީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން އެ ޚިދުމަތް ދެވޭނީ ކައުންސިލަށް ހުށަހަޅައި ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. ހުއްދައަށް އެދި ހުށަހަޅާނީ އެކަމަށް ޚާއްޞަކޮށްފައިވާ ފޯމަކުންނެވެ.

(ނ)

ވިޔަފާރީގެ އުސޫލުން ކުނީގެ ޚިދުމަތްދޭ ފަރާތްތަކަށް ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ވަދެވޭނީ ލޮރީ، ޕިކަޕް، އަދި ރަށުޕިކަޕައްށެވެ.

(ރ)

މި މާއްދާގެ ނ ގައި ބަޔާންކޮށްފައިވާ ވެހިކަލްތަކަށް ފީ ނެގޭނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.

 

1

2 ޓަނުގެ ލޮރީ ދަތުރަކަށް : 200ރ (ދުއިސައްތަ ރުފިޔާ)

2

1.5 ޓަނުގެ ޕިކަޕް ދަތުރަކަށް : 150ރ (ސަތޭކަ ފަންސާސް ރުފިޔާ)

3

1 ޓަނުގެ ޕިކަޕް ދަތުރަކަށް :  100ރ (ސަތޭކަ ރުފިޔާ)

4

850 ކިލޯ ގުރާމް ޕިކަޕް ދަތުރަކަށް : 100ރ (ސަތޭކަ ރުފިޔާ)

5

350 ކިލޯ ގުރާމް ޕިކަޕް ދަތުރަކަށް : 100ރ (ސަތޭކަ ރުފިޔާ)

6

ރަށު ޕިކަޕް ދަތުރަކަށް: 100ރ (ސަތޭކަ ރުފިޔާ)

 

(ބ)

މި މާއްދާގެ (ރ)ގައިވާ ގޮތުގެމަތިން ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތްތަކުން ފީނެގޭގޮތަށް ކުނި ގޮނޑަށް އަޅާކުނީގެ ރެކޯޑު ދެފަރާތުންވެސް ބަލަހައްޓަންވާނެއެވެ.

(ޅ)

މި މާއްދާގެ (ބ)ގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ކުނީގެ ފައިސާ ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ދައްކަންވާނެއެވެ.

(ކ)

މި އުސޫލުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކުނީގެ ފީގެގޮތުގައި ދައްކަންޖެހޭފައިސާ ނުދައްކައިފިނަމަ އެފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާޠިލް ކުރެވޭނެއެވެ. އަލުން އެފަދަ ފަރާތަކަށް ހުއްދަ ދޫކުރެވޭނީ އެހާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.

(އ)

ވިޔަފާރި އުސޫލުން ކުނިއުކާ ފަރާތްތަކަށް ހުއްދަދެވޭނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ކަނޑައަޅާ މިންގަޑަށް ފެތޭގޮތަށް އެޚިދުމަތް ދޭނަމައެވެ.

10.

ކައުންސިލުން ކުނި އުކާލުމުގެ ޚިދުމަތް ދިނުން

 

(ހ)

ކައުންސިލުންވެސް ކުނިއުކާލުމުގެ ޚިދުމަތް ދޭންވާނީ " ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު" އާއި، މިއުޞޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ)

ކުނި އުކާލުމުގެ ޚިދުމަތް ދެވޭނީ އެ ޚިދުމަތް ރަޖިސްޓްރީ ކުރުމަށް އެދި އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމުންނެވެ.

(ނ)

ކުނީގެ ޚިދުމަތާގުޅިގެން އެހާތަނަށް ދައްކަންޖެހޭ ފައިސާއެއް ނެތްނަމަ، ކުނީގެ ޚިދުމަތުން ވަކިވުމަށް އެދި

އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމުން އެ ފަރާތެއް އެ ޚިދުމަތުން ވަކިކޮށް ދޭންވާނެއެވެ.

(ރ)

މި މާއްދާގެ (ށ) އަދި (ނ)ގައިވާ ގޮތުގެމަތިން ކައުންސިލަށް ހުށަހަޅާ ފޯމްތަކަށް ލަސްވެގެން 03 ދުވަހުގެ ތެރޭގައި ކައުންސިލުން ގޮތެއް ނިންމައި އެކަން އެފަރާތަކަށް އަންގަންވާނެއެވެ.

(ބ)

ކައުންސިލް މެދުވެރިވެގެން ކުނި އުކާލުމުގެ ޚިދުމަތް ހޯދާ ތަންތަނުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެތަންތަނުގައި ހުންނަ ކުނި ނަގައިގެން ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެންދަންވާނެއެވެ.

 

01

ދިރިއުޅޭގެތަކާއި، ފިހާރަތަކާއި، ސައިހޮޓާތައް ފަދަ ތަންތަނަށް ދުވާލަކު އެއްފަހަރު.

02

ކާޕެންޓްރީ ވޯކްޝޮޕް ފަދަ ތަންތަނުން މަދުވެގެން ހަފުތާއަކު 2 ދުވަހު. (ހޯމަ ބުރާސްފަތި)

03

މީހުން ދިރިނޫޅޭ ގޭގެއާއި ފަޅު ގޯތިތަކުން މަދުވެގެން މަހަކު 2 (ދޭއް) ފަހަރު.

04

ހައްޖުދުވަސް، ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް، އަޟުޙާ ޢީދުދުވަސް، ފިޠުރު ޢީދު ދުވަސް، ރަމަޟާންމަހު ފުރަތަމަ ދުވަސް، މިދުވަސްތަކު ކުނިނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ބަދިގޭގެ ބާކީއާއި ، ނެޕީ ފަދަ ކުނިވާޒާތުގެ ތަކެއްޗެވެ.

 

(ޅ)

ކައުންސިލް މެދުވެރިކޮށް ކުނީގެ ޚިދުމަތް ހޯދާ ތަންތަނުން ކުނީގެ ބައިތައް ވަކިކޮށް ފަސޭހައިން ނަގައިގެން ގެންދެވޭނެގޮތަކަށް ވަކި ތަނަކަށް ޖަމާކޮށްފައި ބެހެއްޓުމަކީ ތަނުގެ ވެރިފަރާތުގެ ނުވަތަ ޙަވާލުވެހުރި ފަރާތުގެ ޒިންމާއެކެވެ. މިގޮތަށް އުކާލުމަށްޓަކާ ޖަމާކުރެވޭ ކުނި ހުންނަންވާނީ ގޯނި، ޓައްޕު ފަދަ ތަކެއްޗަށް އަޅާ ބަންދު ކޮށްފައެވެ. 2 މީހުންނަށް ނޫފުލޭވަރުގެ ބޮޑެތި ޖަންބޯ ބޭގަށް ކުނިއަޅާފައި ބަހައްޓައިގެން ނުވާނެއެވެ.

(ކ)

މީހުން ދިރިއުޅޭ ތަންތަނާއި ހޮޓާފަދަ ކާބޯތަކެތީގެ ބާވަތްތައް އުފައްދައި ކައިބޮއި ހަދާ ތަންތަނުން ހޯދާ، ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

01

ކޮންމެ ގޭބިސީއަކުން މަހަކަށް 150/- ރ. (އެއްސަތޭކަ ފަންސާސް ރުފިޔާ)

02

ސައިހޮޓާ ކެފޭ ރެސްޓޯރެންޓް ތަކުން މަހަކަށް 300/- ރ. (ތިންސަތޭކަ ރުފިޔާ)   މިތަންތަނުގެ ކުޑަ ބޮޑުމިނަށްބަލައި ފީ ކުޑަކޮށް ބޮޑު ކުރެވިގެންދާނެއެވެ.

03

ގެސްޓުހައުސް ތަކުން މަހަކަށް 200/- ރ. (ދުއިސައްތަ ރުފިޔާ) ގެސްޓްހައުސްގެ ރޫމްގެ އަދަދަށް ބަލައި ފީ ބޮޑުކޮށް ފީ ކުޑަ ކުރެވިގެންދާނެއެވެ.

 

(އ)

ސަރުކާރުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހޯދާ، ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

 

ގޯތީގެ ސައިޒު (އަކަފޫޓުން)

ދުވާލަކު

އެއްފަހަރު

ދެދުވަހުން

އެއްދުވަހު

ހަފްތާއަކު

އެއްދުވަހު

މަހަކު

ދެ ދުވަހު

 

5,000 ދަށް

-/500 ރ.

-/400 ރ.

-/300 ރ.

-/200 ރ.

5,001 ން 10,000 އަށް

-/600 ރ.

-/500 ރ.

-/400 ރ.

-/300 ރ.

10,001 ން 20,000 އަށް

-/700 ރ.

-/600 ރ.

-/500 ރ.

-/400 ރ.

20,001 ން 50,000 އަށް

-/800 ރ.

-/700 ރ.

-/600 ރ.

-/500 ރ.

50,000 މަތި

-/900 ރ.

-/800 ރ.

-/700 ރ.

-/600 ރ.

 

(ވ)

މި މާއްދާގެ (ކ) އަދި (އ)ގައި ހިމަނާފައިވާ ތަންތަން ފިޔަވައި އެހެންތަންތަނުން ހޯދާ، ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

ތަނުގެ ނަން

ދުވާލަކު

އެއްފަހަރު

ދެދުވަހުން

އެއްދުވަހު

ހަފްތާއަކު

އެއްދުވަހު

މަހަކު

ދެ ދުވަހު

ވިޔަފާރިކުރާ ފިހާރަތަކުން

-/400 ރ.

-/300 ރ.

 

 

ކާޕެންޓްރީއާއި ވޯކްޝޮޕް ފަދަ ތަންތަނުން

-/400 ރ.

-/300 ރ.

 

 

މީހުން ދިރިނޫޅޭ ފަޅުގޯތި ތަކުން

-/200 ރ.

-/150 ރ.

 

 

އަމިއްލަސުކޫލް ޓިއުޝަންކުލާސް ފަދަ ތަންތަނުން

-/200 ރ.

-/150 ރ.

 

 

ކުލަބު ޖަމްޢިއްޔާތަކުގެ އިދާރާތަކުން

-/200 ރ.

-/150 ރ.

 

 

 

ސިނާޢީ މަސައްކަތްކުރާ ތަންތަން (މަސައްކަތުގެ ކުޑަ ބޮޑު މިނަށް ބަލާފައި އަގުކަނޑައަޅާ ގޮތަށް)

-/500 ރ

-/450 ރ

-/300 ރ

-/250 ރ

 

 

(މ)

ކުނީގެ ޚިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުޑަހުވަދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރއަށް ދައްކަންވާނެއެވެ.

(ފ)

ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުނީގެ ޚިދުމަތުގެ އަގު ނުވަތަ ފީ ނުދައްކައިފިނަމަ ދެން ކުނީގެ ޚިދުމަތުގެ އަގު ނުވަތަ ފީ ބަލައިގަނެވޭނީ -/50ރ. (ފަންސާސް ރުފިޔާ)ގެ ޖޫރިމަނާއާއި އެކުގައެވެ.

(ދުވަސްތައް ގުނުމުގައި ހުކުރު ދުވަސް ނުހިމެނޭނެއެވެ.)

(ދ)

ކުނީގެ ފީ ކޮންމެ މީއްލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ، މިސެންޓަރއިން ޚިދުމަތް ލިބި ގަންނަ ކޮންމެ ފަރާތަކަށް ހަވާލު ކުރެވިފައިވާ ކުނި ނަންބަރު ނެގިގެން ދާނެއެވެ. ކުނި ނަންބަރު އަބުރާ ލިބިގެންދާނީ ޚިދުމަތުގެ ފީއަށާއި ޖޫރިމަނާ ފިއަށް ދައްކަންޖެހޭ ފައިސާ މިސެންޓަރަށް ލިބުމުންނެވެ. އަދި ކުނި ނަންބަރު ނެގިފައި މުއްދަތުގެ ތެރޭގައި މިސެންޓަރުގެ ޚިދުމަށް އެފަރާތަކަށް ލިބިގެން ނުދާނެއެވެ.  

11.

ޚާއްޞަ ޙާލަތުގައި ނަގަންޖެހޭ ކުނި

 

(ހ)

ޚާއްޞަ ޙާލަތުގައި ނަގަންޖެހޭ ކުނިކަމަށްބަލާނީ ރުއްގަސްކޮށުމާއި ކެނޑުމުގެ ސަބަބުން އުފެދޭ ކުންޏާއި     ގާކުނޑިއާއި، ޢާންމުގޮތެއްގައި އުފެދޭ ކުނިފިޔަވައި އުފެދޭ ނުވަތަ އުފައްދާ އާދަޔާ ޚިލާފު ގިނަ ކުންޏަށެވެ. ގާކުނޑި ކުނިގޮނޑަށް ގެންގޮސް ނައްތާލުމަށް ހަމަޖެހިފައިނުވާތީ ގާކުނޑި އަޅަންވާނީ ކައުންސިލުން އެކަމަށްޓަކައި ކަނޑައަޅާ ޚާއްޞަ ތަނަކަށެވެ. ގާކުނޑި އުކާލުމުގެ ކުރިން ކޮންމެ ފަހަރަކުވެސް ކައުންސިލުން ހުއްދަ ނަގަންވާނެއެވެ. ބޭނުމެއް ނެތްގޮތެއްގައި މިފަދަ ތަކެތި ގޯތިތެރޭގައި ނުބަހައްޓާ ވީއެއްމެ އަވަހަކަށް ނައްތާލަންވާނެއެވެ.

 

(ށ)

ޙާއްސަ ހާލަތުގައި އުކާލެވޭ ކުނީގެ ގޮތުގައި ހިމެނޭ ކަރުގޮހޮރާއި ކަށިކުޑި ފަދަތަކެތި އުކާލުމަށް ޚާއްސަ ހުއްދައެއް ނަގަންވާނެއެވެ. މިގޮތުން އުކާލެވޭ ތަކެތީގެ ކުޑަ ބޮޑުމިނަށް ބަލައި އަގު ކަނޑައެޅިގެންދާނެއެވެ.

12.

އެހެނިހެން ކަންތައްތައް

 

(ހ)

ކައުންސިލްގެ ހުއްދަ ލިބިގެންނޫނީ ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށްނޫނީ ވޭސްޓް މެނޭޖްމަންޓް  ސެންޓަރަށް އުކާލާތަކެތީގެ ބޭނުން ހިފޭނޭ ޒާތުގެ ތަކެތި ނުވަތަ އެނޫންވެސް އެއްޗެއް ނަގައި، ބޭނުންކޮށްގެން ނުވާނެއެވެ. ނަމަވެސް ކައުންސިލުން ހުއްދަދޭ ނުވަތަ ކަނޑައަޅާ ފަރާތަކަށް އިސްވެ ދެންނެވުނު ފަދަ ތަކެތި ނަގައި ވިއްކައި ނުވަތަ ބޭނުން ކުރެވިދާނެއެވެ.

 

(ށ)

މިއުޞޫލުގެ 09 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކައުންސިލުންދޭ ކުނި އުކާލުމުގެ ޚިދުމަތުގައި ބައިވެރިވެފައިވާ ފަރާތެއް މެދުވެރިކޮށް މިޚިދުމަތުގައި ބައިވެރިނުވާ ފަރާތަކުން އޮޅުވާލައިގެން ކުނިނައްތާލަން މަސައްކަތްކުރުމަކީ މަނާކަމެކެވެ.

 

(ނ)

މި އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު " ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު" ގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

 

(ރ)

މި އުޞޫލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި އުޞޫލުގެ ސަބަބުން ނުވަތަ މި އުޞޫލާ ގުޅިގެން ނުވަތަ މި އުޞޫލަށް ޢަމަލުކުރުމުގައި ނުކުންނަ އެންމެހާއި މައްސަލަތަކާއި އަދި މި އުޞޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ކައުންސިލުން ފާސްކޮށް ނިންމާ ނިންމުންތައް މި އުޞޫލުގައި ހިމަނަންވާނެއެވެ.

                        30 އޭޕްރީލް 2019

30 އޭޕްރިލް 2019
ހޯދާ