ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރެއް ބޭނުންވެއްޖެ
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 |
އަސާސީ މުސާރަ: |
4690.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭތަން: |
އެސްޓީއޯ ހެޑްއޮފީސް / އެޑްމިން އެންޑް އެޗް.އާރު ޑިޕާޓްމެންޓް
|
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި 2000.00ރ އާއި 2500.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމްގެ މަސްއޫލިއްޔަތު
- އެސްޓީއޯގެ އިމާރާތްތަކުގެ މެއިންޓެނަންސް މަސައްކަތް (ރޭނުން، މުށި ޖެހުން ފަދަ މަސައްކަތް) ކުރުން
- މެއިންޓެނަންސް ޓީމާއެކު މަސައްކަތް ކުރުމުގައި ބައިވެރިވުން
ފެންވަރު ނުވަތަ ޝަރުތު
- ގުރޭޑު 7 ނިންމާފައިވުން ނުވަތަ
- މެއިންޓެނެންސް އާ ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް އޮތް މީހެއްކަމުގައިވުން
އެހެނިހެން ހުނަރު
- · ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 މެއި 07 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344319 / އީމެއިލް އެޑްރެސް:[email protected]
30 އޭޕްރިލް 2019
30 އޭޕްރިލް 2019
ހޯދާ