ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
ރިލީފްޓީޗަރ (ސެން)

`

                                                                                             

 

ފުވައްމުލަކު ސްކޫލް                   

ފުވައްމުލައް، ދިވެހިރާއްޖެ 

 

                                                ނަންބަރ: GS44/IUL/2019/13                                                

 އިޢުލާނު

                                                 

 

މަޤާމް:                     ރިލީފްޓީޗަރ (ސެންު)

މަޤާމް ނަންބަރ:                 -   

ބޭނުންވާ އަދަދު:                01

ވަގުތީ

 މަޤާމުގެ ގިންތި:

-

ސްކޫލް ޓީޗަރ

 މަޤާމުގެ ރޭންކް:

 މަޤާމުގެ ކްލެސިފިކޭޝަން:             

ފުވައްމުލަކު ސްކޫލް / ޏ. ފުވައްމުލައް

6090.00  އާއި 4500.00 ރުފިޔާއާއި ދެމެދު

2500.00  އާއި 1500.00 ރުފިޔާއާއި ދެމެދު

އެހެނިހެން އެލަވަންސްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 މުސާރަ:

 ސަރވިސް އެލަވަންސް:

 

 

 

 

1-      ކޮންމެ މަހަކު 1 ފަހަރު ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކްލާހުގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންގެ އައިއީޕީ ތައްޔާރުކުރުން.

2-      ދަރިވަރުންގެ އައިއީޕީއާއި އެއްގޮތަށް ކިޔަވައިދިނުން.

3-      ޚައްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި ގުޅޭގޮތުން ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ތަކެތި ތައްޔާރުކުރުން.

4-      ދުވަހުން ދުވަހަށް ދަރިވަރުންގެ ރެކޯޑްސްތައް ބަލަހައްޓައި ބެލެނިވެރިންނަށް ދުވަހުން ދުވަހަށް ދަރިވަރާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

5-      ޓީޗަރުންނަށް ޙާޟިރު ނުވެވުމުގެ ސަބަބުން ސްކޫލްގެ ފަރާތުން ޙަވާލުކުރެވޭ ރިލީފް ގަޑިތައް ނެގުން.

 

6-      ލެސަންޕްލޭނާއި ކިޔަވައިދިނުމުގެ އެހީ ދުވަހުން ދުވަހަށް ސްޕަވައިޒަރަށް ދެއްކުން.

7-      ކްލާސްގަޑީގައްޔާއި އެހެން ސްކޫލްގަޑިތަކުގައިި އަދި ސްކޫލުން ބޭރުގައިވެސް ކުދިންގެ އަޚްލާގަށް ސަމާލުކަން ދިނުމާއި ދީނީ އަދި ޤައުމީ ކަންތައްތަކަށް ކުދިން ހޭލުންތެރިކުރެވޭނެ ގޮތެއްގެ މަތިން ތަރުބިއްޔަތުކުރުން. ދިމާވާ އަޚްލާޤީ މައްސަލަތައް ކުދިންނާއި ވާހަކަދައްކައިގެން ޙައްލުކުރުން. މިގޮތަށް ޙާއްލުނުވެއްޖެނަމަ ބެލެނިވެރިންނާއި ވާހަކަދެއްކުން. ބެލެނިރިންނާއި ވާހަކަދައްކައިގެން ޙައްލުނުވާ ކަންތައްތައް ރިކޯޑްތަކާއިއެކު ސްޕަވައިޒަރަށް ހުށަހެޅުން.  އަދި މިފަދަ މައްސަލަތައް އަންގަންޖެހޭ ފަރާތްނޫން އެހެން ފަރާތަކަށް ނޭންގުން.

8-      ކްލާސް ރެކޯޑާއި ކްލާސް ޙާޟިރީއާއި ދަރިވަރުންގެ ތަފާތު ރެކޯޑްތައް ބެލެހެއްޓުމާއި ކްލާސްތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ބާރުއަޅައި ކްލާސް ސާފުކުރުވުން.

9-      ކަރިކިއުލަރ އަދި ކޯކަރިކިއުލަރ ޙަރަކާތްތައް ރާވައި ހިންގުން.

10-  ބައްދަލުވުންތަކާއި ކުދިން ޙާޟިރުވާ އެހެނިހެން ކަންތައްތަކަށް ކުދިން ޙާޟިރުވުމުގެ 10 މިނިޓް ކުރިން ޙާޟިރުވުން.

11-  ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރާނެގޮތް ބެލެނިވެރިންނަށް ރާވައިދިނުމާއިއެކު އެކަންތައް މޮނިޓަރކުރުން.

12-  ކިޔަވައިދިނުން ނުވަތަ ކިޔަވައިދިނުމުގެ އިތުރަށް ސްކޫލްގައި ހިންގާ އެހެނިހެން ކަންތައްތަކަށާއި ކޯޑިނޭޝަން ބައްދަލުވުންތަކާއި މިނޫން ބައްދަލުވުންތަކަށް ކަނޑައެޅޭ ގަޑިތަކަށް ޙާޟިރުވުން.

13-  އެކިއެކި ކަންކަމާއި ބެހޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި ސްކޫލުން ހަދާ އަދި ހެދިފައިވާ ޤަވާޢިދުތަކަށް ޢަމަލުކުރުމާއިއެކު ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.

14-  ބެލެނިވެރިންނާއި މުވައްޒަފުން މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނުގެއްލޭގޮތަށް އެފަރާތްތަކާއި މުޢާމަލާތުކުރުން. އަދި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

15-  އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަޤާމުގެ ޝަރުތުތައް:

 

 

 

 

  • ·         ކިޔަވާދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  4ގެސަނަދެއް ޙަޞިލުކޮށްފައިވުން

6090.00 ރުފިޔާ

2500.00 ރުފިޔާ

  • މަތީ ސާނަވީ ތަޢުލީމު ޙާޞިލްކޮށްފައިވުން

5500.00 ރުފިޔާ

1500.00 ރުފިޔާ

  • ސނަވީ ތަޢުލީމު ޙާޞިލްކޮށްފައިވުން

4500.00 ރުފިޔާ

1500.00 ރުފިޔާ

 

 

 

 

 

 

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ފުވައްމުލަކު ސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމީ ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-         ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

-         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-         މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް (އިންޓަވިއުކޮށްގެން)

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މެއި 2019 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ފުވައްމުލަކުސްކޫލަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

 

 

 

   

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  10 މެއި 2019 އާއި 16 މެއި 2019 އާ ދެމެދު، ފުވައްމުލަކު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6860002 ނަންބަރު ފޯނާއެވެ.  އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

23 ޝަޢުބާން 1440

28 އޭޕްރީލް 2019

 

               ޙަސަން ޒަރީރު

                                ޕްރިންސިޕަލް

                        

އިތުރު މަޢުލޫމާތު ހޯދުން:

 

 

 

 

 

28 އޭޕްރިލް 2019
ހޯދާ