މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މިމުއައްސަސާގެ ތިރީގައި މިދަންނަވާ އޮފީސްތަށް ފޮޅާ ސާފުކޮށް އަދި މެއިންޓެނަންސް މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިމުއައްސަސާގެ ތިރީގައި މިދަންނަވާ އޮފީސްތަށް ފޮޅާ ސާފުކޮށް އަދި މެއިންޓެނަންސް މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

  1. މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 01 ވަނަ ފަންގިފިލާ)
  2. ވިޒާ ޑިވިޝަން (ހުރަވީ ބިލްޑިންގ 02 އަދި 03 ވަނަ ފަންގިފިލާ)
  3. މޮނިޓަރިންގް ސެކްޝަން (އޯކިޑު ބިލްޑިންގ)
  4. ހާބަރ ސެކްޝަން (މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ބިލްޑިންގ 01 ވަނަ ފަންގިފިލާ)

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 09 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

28 އޭޕްރިލް 2019
ހޯދާ