ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ބޭންޑް އިންސްޓްރަކްޓަރ އެއް ހޯދުމަށް

 

ތާޖުއްދީން ސްކޫލް

މާލެ/ދިވެހިރާއްޖެ

 

TS/MIS/2019/1

ބޭންޑް/ކެޑޭޓް އިންސްޓްރަކްޓަރ އެއް ބޭނުންވެއްޖެ

 

 

ތަފްޞީލް: މިސްކޫލްގެ ބޭންޑް އަދި ކެޑޭޓް  ދަރިވަރުންނަށް ޓްރޭނިންގ ދިނުމަށް އިންސްޓްރަކްޓަރ އެއް ހޯދުމަށް ބޭނުންވެއެވެ.

ފެންވަރު ނުވަތަ ޝަރުތު: މިޔުޒިކް، ޕަރފޯމެންސް އާރޓް ނުވަތަ ކިޔަވައިދިނުމާގުޅޭ ދާއިރާއަކުން

ޑިޕްލޮމާ އިން މަތީ ސެޓްފިކެޓެއް ހާޟިލްކުރައްވާފައިވުން.

 

މުއްދަތު:  3 މަސްދުވަސް (3 މަސް ހަމަވުމުން އިތުރު މުއްދަތަށް މި މަސައްކަތް ކުރިއަށް ގެންދަން ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތަށް ބަލާ ކޮންމެ 3 މަހަކުން 1 އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އިތުރުކުރެވޭނެއެވެ. )

އުޖޫރަ: މި މަސައްކަތުގެ އުޖޫރަ ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޓީޗަރުންގެ އޮނިގަނޑުގައިވާ އުޞޫލުން ޙާޞިލްކުރައްވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކަށް ބަލައިގެން ދެފަރާތުން އެއްބަސްވާ ގޮތަކަށެވެ.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުން: 

       މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި ބޭންޑް އަދި ކެޑޭޓް ފަރިތަކޮށްދެއްވުމުގެ ތަޖުރިބާއަށް އަދި ސްކޫލުން ހަމަޖައްސާ ގަޑިތަކަށް ހާޒިރުވެވޭ އަދި  ޓީޗިންގ ދާއިރާއިން ތަޖުރިބާހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

 

މި ވަޒީފާ އަށް  ޝައުގުވެރިވެލައްވާ ފަރާތްތަކުން 7މެއި 2019 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ނުވަތަ ސިޓީ އަދި ސެޓްފިކެޓް ތަކުގެ ކޮޕީ އާއި އައިޑީ ކާޑުގެ ކޮޕީ ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 317318 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

 

28 އޭޕްރީލް 2019

 

 

28 އޭޕްރިލް 2019
ހޯދާ