މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުން

ސިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުން

 

ނޭޕާލްގެ ޓްރިބުވާން ޔުނިވަރސިޓީގެ އިންސްޓިޓިއުޓް އޮފް މެޑިސިންގައި ހިންގުމަށް ހަމަޖެހިފައިވާ ތިރީގައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ އަންގަވާފައިވެއެވެ. މިޕްރޮގްރާމްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2 މެއި 2019 އެވެ.

 

  1. އެމް.ޑީ އެނެސްތީސިއޮލޮޖީ
  2. އެމް.ޑީ އިންޓަރނަލް މެޑިސިން
  3. އެމް.ޑީ އޮބްސްޓެޓްރިކެސް އެންޑް ގައިނަކޮލޮޖީ
  4. އެމް.ޑީ ސައިކިއޭޓްރީ
  5. އެމް.ޑީ ރޭޑިއޯޑައިގްނޯސިސް
  6. ޖެނެރަލް ސާރޖަރީ
  7. އޯތޯޕީޑިކްސް

 

        ވީމާ، މިޕްރޮގްރާމްތަކުގައި އަމިއްލަ ޚަރަދުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޭޕްރީލް 2019 ވަނަ ދުވަހު 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ހެލްތްގެ ފޯނު ނަންބަރ 3014450 އަށް ގުޅުއްވުން އެދެމެވެ.

  

* ކެންޑިޑޭޓުން ހޮވޭ ކޯހާއި ކޯސް ހިންގާ އިންސްޓިޓިއުޓް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުންނާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރޭތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

 

25 އޭޕްރިލް 2019
ހޯދާ