އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ރިލީފް ޓީޗަރ އިސްލާމް

މި ސްކޫލުގެ ތިރީގައިވާ މަޤާމަށް ރިލީފް ޓީޗަރަކު ބޭނުންވެއެވެ.

މަޤާމް: ރިލީފް ޓީޗަރ (އިސްލާމް)
ބޭނުންވާ ޢަދަދު:  01 (އެކެއް)
މަޤާމުގެ ގިންތި: ވަގުތީ
މުއްދަތު: 3 މަސް ދުވަސް
ސެކްޝަން: އެކަޑަމިކް
މަޤާމް އޮތް އޮފީސް: އުލިގަމު ސްކޫލް
ވަޒީފާ އަދާކުރަންޖެހޭ ތަން: އުލިގަމު ސްކޫލް، ހއ. އުލިގަން
 
މަޤާމުގެ ޝަރުޠުތައް
- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ
- މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ
- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ ތެރެއިން ލެވަލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން
 
ނޯޓް: 1. ގްރޭޑް 10 ނިންމިކަމަށް ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަ ކުރިކަމަށް ބެލެވޭނެއެވެ.
2. ގްރޭޑް 12ނިންމިކަމަށް ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރިކަމަށް ބެލެވޭނެއެވެ.
3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
 
މަޤާމުގެ މުސާރައާއި އެލަވަންސް

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00 ރ

1500.00 ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00 ރ

1500.00 ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00 ރ

2500.00 ރ

 
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
  1. މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  2. މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުވާގޮތަށް ލެސަން ޕްލޭނާއި ސްކީމް އޮފް ވޯރކްސް ތައްޔާރުކުރުން.
  3. ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނެޓްގެ 25 އާއި 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނެޓްގެ 20 އާއި 25 އާ ދެމެދުގެ ގަޑި ނެގުން.
  4. ދަރިވަރުން ޙާޞިލުކުރަމުންދާ މިންވަރު ދާއިމީކޮށް ވަޒަންކުރުމުން ގެންދިއުމާއެކު، އިތުރު އެހީތެރިކަން ދޭންޖެހޭ ކުދިން ފާހަގަކޮށް އެހީތެރިކަން ދިނުން، އަދި ފެންވަރު ވަޒަންކުރުމުގެ ރެކޯޑުތައް ބެލެހެއްޓުން.
  5. ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރުތައް ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.
  6. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި، އެސެސްމަންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލުވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓުތަކުގެ ޕޭޕަރުތައް މާކުކުރުން.
  7. ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން. އަދި ދަރުވަރުންގެ ރިޕޯޓް ފޯމް ތައްޔާރުކުރުން.
  8. ދަރިވަރުންގެ ކުރިއެރުމާ ބެހޭގޮތުން ބެލެނިވެރިންނާއި، ސްކޫލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.
  9. ދަރިވަރުންގެ ކުރިއެރުމަށް ބާއްވަންޖެހޭ އިތުރު ކުލާސްތަކާއި ރިމީޑިއަލް ކުލާސްތައްފަދަ ކުލާސްތައް ބޭއްވުން.
  10. ސްކޫލުން ދެވޭ ތަޢުލީމާއި ދަރިވަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، ދަރިވަރުންގެ ލާބައާއި ކުރިއެރުމަށް ހިންގޭ އެންމެހާ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން. އަދި ސްކޫލުން އެދިއްޖެ ހިނދެއްގައި މިފަދަ ބޭނުންތަކަށްޓަކައި އެކުލަވާލެވޭ އެކިއެކި ކޮމެޓީތަކުގެ މެމްބަރުކަން އަދާކޮށް، ހަވާލުކުރެވޭ މަސްޢޫލިއްޔަތުތައް އަދާކުރުން.
  11. ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ޙަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން.
  12. ދަރިވަރުން ގެންގުޅޭ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާހައުލެއްކަން ކަށަވަރުކުރުން.
  13. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާސިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާގީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
  14. ރިލީފް ގަޑި ނެގުން.
  15. ސްކޫލުގައި ހިންގާ ކުލަބު ޙަރަކާތްތަކާއި އިތުރު ޙަރަކާތްތައް ހިންގުން.
  16. ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި އިތުރު ޙަރަކާތްތަކާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.
  17. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓުކުރުން.
  18. ސްކޫލުގެ ފަރާތުން އިންތިޒާމްކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން.
  19. ދަރިވަރުން ލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން.
  20. މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުތަކުގައި ބައިވެރިވުން.
  21. ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެ މަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.
  22. ވަޒީފާ ބަޔާނުންނާއި، ވަޒީފާ ބަޔާނުން ބާރު ލިބިދީގެން ޙަވާލުކުރެވޭ އެންމެހާ ޒިއްމާތަކާއި މަސްއޫލިއްޔަތުތައް ސަރުކާރާއި، ދިވެހި ސިވިލް ސަރވިސްއާއި ސްކޫލްގެ ސިޔާސަތުތަކާ އެއްގޮތަށް ތަންފީޒުކޮށް ހިންގުން.
  23. ސްކޫލްން ޚިދުމަތް ހޯދާފަރާތްތަކާއި، ބެލެނިވެރިންނާއި، ސްކޫލްގެ މުވައްޒަފުންނާއި، ސްކޫލްގެ މެނޭޖްމަންޓާ އަދި އެހެންވެސް ސްކޫލާ ގުޅުންހުރި އެންމެހާ ފަރާތްތަކާ ބާއްވަންޖެހޭ ގުޅުން ދުޅަހެޔޮ ގޮތުގައި ބޭއްވުމާއެކު، ވަޒީފާގެ ހައިސިއްޔަތުން އެފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުމާ އެހީތެރިކަން ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލްގެ މިންގަނޑުތަކާ މިންހަމަވާ ފެންވަރަށް ދިނުން.

24. ސްކޫލާއި ސްކޫލަށް ނިސްބަތްވާ އެއްވެސް ފަރާތަކާމެދު ދެކޮޅުވެރިކަމެއް، ނަފްރަތެއް އުފެދިދާނެ ފަދަ ނުވަތަ އަގުވެއްޓިދާނެފަދަ ކަންކަމާއި ތަނުގެ މަސްލަހަތު ގެއްލިދާނެ ފަދަ އެންމެހާ ކަންކަމުން ދުރުވުމާއެކު ތަނުގެ މަސްލަޙަތުތައް ހިފަހައްޓާ، ތަނުގެ ކުރިއެރުމަށްޓަކާ ޓީމް ރޫޙްގައި މަސައްކަތްކުރުން.

 
ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމުގެ ސިފަތައް
 
ހުށަހަޅަންޖެހޭ ލިޔުންތައް
  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާައްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލާފައިވާ ސެޓުފިކެޓައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި  ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޝަނުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުކުރުމުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޝަނުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ ދާއިރާއެއްގައި ވަޒީފާ އަދާކޮޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

     ވަޒީފާއަށް އެދޭ ފޯމު މި އުލިގަމު ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ (www.csc.gov.mv)  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މެއި 07 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، އުލިގަމު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 6500548 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

     މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 މެއި 08 ވާ ބުދަ ދުވަހާއި 2019 މެއި 11 ވާ ހޮނިހިރު ދުވަހާ ދެމެދު، އުލިގަމު ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން

    މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މައުލޫމާތު ހޯދުން

  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500548 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500548 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

25 އޭޕްރިލް 2019
ހޯދާ