ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ރެޖިސްޓްރަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޑެޕިއުޓީ ރެޖިސްޓްރަރ

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު: 10582.19 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4535.22 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ސްޓޫޑަންޓް އެފެއަރޒް

ސްޕައިން ޕޮއިންޓް/ގްރޭޑް:

35/ADG6

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހެނދުނު 8:00 އިން ރޭގަނޑު 10:30 އާ ދެމެދު (ޔުނިވަރސިޓީގެ ވޯރކްލޯޑް ޕޮލިސީން މުވައްޒަފު އަދާކުރަންޖެހޭ މިންވަރަށް)

މަޤާމުގެ ޝަރްޠުތައް:

-  ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  7 ގެ ސެޓްފިކެޓެއް އެޑިއުކޭޝަނަލް މެނޭޖްމަންޓް ނުވަތަ  މެނޭޖްމަންޓްގެ ދާއިރާއިން ހާސިލްކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-  އުމުރުން 55 އަހަރުން މަތީގެ ފަރާތެއްކަމުގައި ނުވުން.

-  ފަރިތަކަމާއި އެކު އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ (ޔުނިވަރސިޓީ މެނޭޖްމެންޓް ސިސްޓަމް) ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރެޖިސްޓްރަރ އަންގާ ގޮތެއްގެ މަތިން އިސްނަގައިގެން ދުވަހުން ދުވަހަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރ އަދި އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އާއި އެކު ސިސްޓަމް ޑިޒައިންކުރުމާއި، ބެކަޕް މަސައްކަތްކުރާކަން ކަށަވަރުކުރުމާއި، ޑޮކިޔުމެންޓްކުރުމާއި، އަޕްޑޭޓް ކުރުން މަސަކަތްތައް ކުރުން.
  • ސްޓޫޑެންޓް އެފެއާޒްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލުމާއި، އެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، ތަމްރީންކުރުމާއި، މައްސަލަތައް ޙައްލުކުރުމާއި، ފެންވަރު ވަޒަންކުރުމާއި، އެކަމާ ގުޅިގެން ހިއުމަން ރިސޯސް ސެކްޝަނަށް ހުށަހެޅުންތައް ހުށަހެޅުމުގައި ރެޖިސްޓްރާރގެ އިރުޝާދުގެ ދަށުން ޢަމަލުކުރުން. މުވައްޒަފުންގެ ފަރާތުން އެންމެ އެދެވޭ ޚިދްމަތް ނެރުމަށް އެ މުވައްޒަފުންގެ މަސައްކަތުގެ ރޫޙު މަތިކޮށް ހިތްވަރުދިނުމަކީ މި މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެކެވެ.
  • ސްޓޫޑެންޓް އެފެއާޒާއި ބޭރުގެ ފަރާތްތަކާއި އެކު އޮންނަ ގުޅުން ދަމަހައްޓާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން.
  • އާ ޕްރޮގްރާމްތަކާއި، މިހާރު ހިންގާ ޕްރޮގްރާމްތައް ޕްރޮމޯޓުކުރުމާއި، ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގައި ޖަލްސާތަކާއި މަޢުރަޒުތަކުގައި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައި ނުވަތަ ޔުނިވަރސިޓީ ތަމްސީލުކުރުން.
  • ދަރިވަރުންގެ ރެކޯޑުތަކާބެހޭ ސިޔާސަތުތަކާއި އެތެރެއާއި ބޭރުގެ މަޢުލޫމާތުތައް ތައްޔާރުކުރުމާއި، އަހަރީ ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕުކުރެވޭ ފެންވަރަކަށް ގެނައުން.
  • ޔުނިވަރސިޓީގެ ސިޔާސަތުތަކާއި މަޤުޞަދުތަކާއި ރޭވުންތައް ރޭވުމުގައި ބައިވެރިވެ، މިކަންކަން ހާސިލުކުރުމަށް ކުދި މަޝްރޫޢުތައް އެކުލަވައިލައި ހިންގުން.
  • އަހަރީ ބަޖެޓް އެކުލަވައިލުމާއި، ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބަޔަށް ކަނޑައެޅިފައިވާ ބަޖެޓް މޮނިޓަރކުރުމާއި ބެލެހެއްޓުން.
  • ކޯސްތަކާއި އެކަޑެމިކް ކަންތައްތަކާ ގުޅިގެން ހަމަޖެހިފައިވާ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒުކުރުން. މި މަސައްކަތުގެ ތެރޭގައި، ދަރިވަރުންގެ އެކަޑެމިކް ސްޓޭންޑިންގ ބެލުމާއި، ދަރިވަރުން ވެއްދުމާއި، ވަކިކުރުމާއި، އެއް ޓާމުން އަނެއް ޓާމަށް ދަރިވަރުން ކުރިއަށްޖެއްސުން ހިމެނެއެވެ.
  • ޔުނިވަރސިޓީގެ ކޮމިއުނިޓީއަށް، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާބެހޭ ކަންކަމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
  • އަހަރީ ބަޖެޓް އެކުލަވައިލުމާއި، ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބަޔަށް ކަނޑައެޅިފައިވާ ބަޖެޓް މޮނިޓަރކުރުމާއި ބެލެހެއްޓުން.
  • ދަރިވަރުންގެ ގްރޭޑްތަކާބެހޭގޮތުން މަޢުލޫމާތު އެދޭ ފަރާތްތަކަށް ފޯރުކޮށްދީ، ދަރިވަރުންގެ ރެކޯޑުތަކާ ބެހޭގޮތުން އުފެދޭ މައްސަލަތައް ޙައްލުކުރުރުމާއި ޖަވާބުދާރީވުމުގައި އެހީތެރިވުން.
  • ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައި އެންމެ އެދެވޭގޮތަށް ހިންގުމަށްޓަކައި މަސައްކަތުގެ އުސޫލުތައް އެކުލަވައިލައި، އިސްކަންދޭ ކަންތައްތައް ތަރުތީބުކޮށް، މިބައިތައް ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
  • އެކަޑެމިކް ޓްރާންސްކްރިޕްޓް ޕްރޮސެސްކުރުމާއި، ދަސްވެނިވުމަށް ބޭނުންވާ މަޢުލޫމާތު ވިލަރެސްކުރުމާއި، ޚާއްޞަ ޕްރޮގްރާމްތަކާބެހޭ ސަނަދުތައް ތައްޔާރުކުރުމާއި، ތަފާސްހިސާބުތައް އެއްކޮށް ރިޕޯޓުތައް އެކުލަވައިލުން.
  • މަޤާމުގެ ހައިސިއްޔަތުން މަތީގައިވާ ކަންތައްތައް ފިޔަވައި ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (މަސައްކަތާ ގުޅުންހުރި ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 08 މެއި 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ  09 މެއި 2019 އިން  31 މެއި 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

24 އޭޕްރިލް 2019
ހޯދާ