މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭވަށުގައި ސްލިޕް ވޭ އެއް ތަރައްޤީ ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ!

އިޢުލާން

ވޭވަށުގައި ސްލިޕް ވޭ އެއް ތަރައްޤީ ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ!

 

           މިރަށުގެ ސިނާޢީ ސަރަޙައްދުގައި، އަލަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ 25000 އަކަފޫޓުގެ ބިމެއް  ވިޔަފާރި އުޞޫލުން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިބިން ވިޔަފާރިއުޞޫލުން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯރމް ވިއްކުން

( ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް )

02 މެއި 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 09 މެއި 2019 ވާ ބުރާސްފަތި ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00 އަށް

ވޭވަށު ކައުންސިލްގެ އިދާރާ

ޕްރީބިޑް މީޓިންގ

14 މެއި 2019 ވާ އަންގާރަ ދުވަހު

11:00 ގައި

ވޭވަށު ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

23 މެއި 2019 ވާ ބުރާސްފަތި ދުވަހަށް

11:00 އަށް

ވޭވަށު ކައުންސިލްގެ އިދާރާ

" ކުލީބިމަށް އެދޭފޯމް " ވިއްކާ އަގަކީ -/2000ރ ( ދެހާސް ރުފިޔާ ) އެވެ. ބިޑްގަންނަން ލިބޭނީ ކައުންސިލުން ދޫކުރާ ބިޑްފޯމް ގަތުމަށްއެދޭ ފޯމްފުރިހަމަކޮށް ހުށަހެޅުއްވުމުންނެވެ. 

           ފޯމް ހުށަހެޅުއްމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯރމްތަކާއި، ބިޑްފޯމް ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6720035 ނަންބަރު ފޯނާއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                       

           24   އޭޕްރީލް    2019 

 

 

  ނަދީމް ޢަބްދުލް މަޖީދް 

ވޭވަށު ކައުންސިލްގެ ރައީސް

24 އޭޕްރިލް 2019
ހޯދާ