މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :9

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2500ރ - -/4500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.

އަދި

- މިފަދަ މަޤާމެއް އަދާ ކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

-ގުދަނަން ވައްދާ މުދާ ރައްކާތެރިކަމާއެކު ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.

-ނީލަން ކިއުމަށް ހަމަޖެހިފައިވާ މުދާ ކްލައިމްސް އޮފިސަރ ގެ އިރުޝާދުގެ މަތިން ގުދަނުގައި ޖައްސައި މުދާ އަދަދު ގުނުމާއި އެތަކެތި ތަރުތީބު ކުރުމުގެ މަސައްކަތް ކުރުން.

-ކްލިއަރެންސް ޑިޕާޓްމަންޓުން އެދިއްޖެ ހިނދެއްގައި މުދާ ދޫކުރާ މީހުންނަށް އެހީތެރިވުމުގެ ގޮތުން މުދާ ދޫކުރުމުގެ މަސައްކަތް ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

-ކްލެއިމްސް ހުށަހަޅާފައިވާ މުދާ ހޯދުމުގައި ކްލައިމްސް އޮފިސަރުންނަށް އެހީތެރިވެ ދިނުން.. 

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

މާލެ ކޮމާޝިއަލް ހާބަރ ކާގޯ އެންޑް ކްލިއަރެންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 އެޕްރީލް 30ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން

ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

24 އޭޕްރިލް 2019
ހޯދާ