މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ހުޅަނގުފަރާތުން ކަސްރަތު ޕާކު ހެދުމަށް ހަމަޖެހިފައިވާ ބިން ހުސްކުރުމާއި ގުޅޭ

                  މިރަށުގައި ކަސްރަތު ޕާކެއް ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދު  ހުސްކުރުމުގެގޮތުން،  އެސަރަޙައްދުގައި ބަހައްޓާފައިހުރި ޢާއްމުންގެ ތަކެތި، 28 އެޕްރީލް 2019 ގެ ނިޔަލަށް ނަންގަވައި، އެބިން ހުސްކޮށްދެއްވުމަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

                  އަދި ދެވިފައިވާ މުއްދަތުގެ ފަހުން، އެ ސަރަޙައްދުގައި ހުންނަ ތަކެތި ކައުންސިލްގެ ބެލުމުގެދަށަށް ގެނަސް، ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެތަކެތި ނައްތައިލެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

21 އޭޕްރިލް 2019
ހޯދާ