ދިވެހިރާއްޖެ
FAHI DHIRIULHUN CORPORATION
އިޢުލާން
މާރކެޓިންގް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ
ބޭނުންވާ އަދަދު: 01
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެދަށުން ޤާއިމްކުރެވޭ ފަހި ދިރިއުޅުން ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މާރކެޓިންގް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެޕްލިކޭޝަން ހުށައެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއާއިބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ. އަދި ޓާރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ވެބްސައިޓުން ޑައުންލޯޑުކުރެއްވޭނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 28 އޭޕްރިލް 2019ވާ އާދިއްތަ ދުވަހުގެ 12:00 ގަ އެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ އިކޮނޮމިކް މިނިސްޓްރީ (ބޮޑުތަކުރުފާނު މަގު،މާލެ 20125) އަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް ”Application for Marketing and Business development Manager of FDC“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3333160/3333143 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
Fahi Dhiriulhun Corporation | Velaanaage’ | Ameer Ahmed Magu,| Maldives, Male’