މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

08 އޭޕްރިލް 2019ގައި، މިމަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާން ((IUL)271-CA/271/2019/14) ނަމްބަރާއި ގުޅިގެން، ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމް

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަމްބަރު

J-258569

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މުސާރަ

5610.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

700.00 ރުފިޔާ

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ އަދި ރަމަޞާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް.

  1. ރަށު ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް  ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
  2. ޢަމަލުކުރެވެމުންދާ ރަށު ތަރައްޤީގެ ޕްލޭން، ކަނޑައެޅިފައިވާ މުއްދަތުގައި ރިވިއުކުރުމާއި ޙިއްސާކުރަންޖެހޭ ފަރާތްތަކަށް ޙިއްސާކުރުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
  3. ޢަމަލުކުރެވެމުންދާ ރަށު ތަރައްޤީގެ ޕްލޭން، މުއްދަތު ހަމަވުމުގެ 3 މަސްދުވަސް ކުރިން، ކުރިއަށްއޮތް 5 އަހަރު ދުވަހަށް އެކުލަވާލާ "ރަށުތަރައްޤީގެ ޕްލޭން"  ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  4. ކައުންސިލުގެ ފައިނޭންޝިއަލް ޕްލޭނާއި މަސައްކަތު ތާވަލު އެކުލަވާލުމާއި  ޙިއްސާކުރަންޖެހޭ ފަރާތްތަކަށް ޙިއްސާކުރުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ރާވައި ހިންގުން.
  5. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި ޙާދިޘާތަކުގައި އެހީތެރިކަން ފޯރުވައިދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތާއި އެފަދަ ޙާލަތްތަކުގައި ކުރަންޖެހޭ މަސައްކަތްތައް  ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ރާވައި ހިންގުން.
  6. ރަށްގިރުމާއި ތިމާވެއްޓާއި ރަށްޓެހިގޮތަކަށް ރަށުގެ ބިން ބޭނުންކުރެވޭނޭ ގޮތުގެ ޕްލޭނާއި ދީރާސާއަށް ބޭނުންވާ މަޢުލޫމާތު ކައުންސިލަށް ތައްޔާރުކޮށްދިނުމާއި މިކަންކަމުގެ ހޭލުންތެރިކަން ރައްޔިތުންގެ މެދުގައި އިތުރުކުރުމަށް، ކައުންސިލުން ކަނޑައަޅާ އެންމެހައި ކަންކަން  ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ރާވައި ހިންގުން.
  7. އިދާރާގެ ބެލުމުގެ ދަށުން ހިންގޭ އެންމެހައި ޕްރޮޖެކްޓްތައް ސްޕަރވައިޒްކޮށް ބެލެހެއްޓުމާއި ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
  8. ޔުނިޓުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި  އެ މުވައްޒަފަކު ކުރަމުންގެންދާ މަސައްކަތްތައް ވަގުތީގޮތުން ޙަވާލުކޮށްފިނަމަ އެ މަސައްކަތްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
  9. ޙަވާލުކުރެވިފައިވާ އެންމެހައި މަސައްކަތްތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސެޖް، ރިޕޯޓްތަކާއި އެހެނިހެން ލިޔެކިއުންތައް ތައްޔާރުކޮށް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ފޮނުވަންޖެހޭ ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  10. ޙަވާލުކުރެވިފައިވާ އެންމެހައި މަސައްކަތްތަކާއި ގުޅިގެން ތައްޔާރު ކުރެވޭ އެންމެހައި ލިޔެކިއުންތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ފައިލްކޮށް ފަސޭހައިން ފެންނާނޭގޮތަށް ބެލެހެއްޓުން.
  11. ޔުނިޓް ހެޑެއް ހަމަޖެހެންދެން ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން، ޔުނިޓުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  12. ކައުންސިލުގެ ހުރިހައި މުވައްޒަފުން ޝާމިލްވެގެންކުރެވޭ އެންމެހައި ކަންތައްތަކާއި، ދިމާވާ މުޙިއްމު ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތަކާއި އެހެނިހެން ކަންތައްތައް ކައުންސިލާއި ޔުނިޓް ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.

މަޤާމުގެ ޝަރުތު

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖުމަންޓް ނުވަތ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރަޢްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)        މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާއިފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިއުންމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނޭކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ސަރުކާއު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އާދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ސިވިލް ސާރވިސް ކޮމިޝަނުން 01 މެއި 2018ގައި ޢަމަލް ކުރައްވަން ފައްޓަވާފައިވާ ސިވިލް ސާރވިސްގެ ވަޒިފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލްތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިންނެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި

މި މަޤާމްތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6540041 ނަމްބަރު މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހެއްގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން

މަޤާމަށް ކުރިމަތިލައްވާ، ޝަރުތުހަމަވާ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އޮންނާނީ 2019 މެއި މަހުގެ 7ން 9އާއި ދެމެދުގެ ދުވަހެއްގައި ކަނޑިތީމު ކައުންސިލްގެ އިދާރާގައެވެ. ޙާޟިރުވާންވީ ތާރީޚާއި ގަޑި 72 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސްލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6540041 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6540041 އެވެ. އަދި އީމެއިލް އެޑްރެހަކީ  [email protected] އެވެ.

21 އޭޕްރިލް 2019
ހޯދާ