މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރު:IUL)297/INDIV/2019/20)

 

 

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނ.ވެލިދޫ ކައުންސިލް އިދާރާ، މަސްވެރިންގެ ހިޔާ، ރަށްވެހިގެ، ހޮޅުއަށިގެ އަދި ނަހުޒާ އިމާރާތުގައި ޖަންކްޝަން ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2019ވާ ބުރާސްފަތި ދުވަހުގެ 10:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުންނާއި ވެލިދޫ ކައުންސިލްގެ ވެބްސައިޓް www.velidhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

 

ކުރަންޖެހޭ މަސައްކަތް:

  1. ފެނަކައިންދޭ ކުރެހުމާ އެއްގޮތަށް ޖަންކްޝަންއަޅާ ، މަތިގަނޑުކޮންކްރިޓްކޮށް ޖަންކްޝަން ބައިންދަންޖެހޭ ދުރުމިނުގައި ބައިންދާ ދާގަނޑުއަޅުވާ މަތީގައި ދެންނެވިފައިވާ ތަންތަނުގެ ނަރުދަމާހޮޅިލައިން ޖަންކްޝާނާއިގުޅައި މަތިއަޅައި ކައިރި ސިމެންތިއަޅައި ބެއްދުން.
  2. ފެންލައިން ކަނެޝަނުން ½" ވޭލް އެލްބޯއެއްޖަހައިގެން ½" އެސްލޯން ހައިޕްރެސަރހޮޅިން މަތީގައި ދެންނެވިފައިވާ ތަންތަނުގެ ފެންލައިނަށް 1"×1/2" ގެ ޓީއެއްޖަހައި ފެންލައިންގުޅުން. އަދި ފެންބަންދުކުރުމަށްޓަކައި ½" ގެ ބޯލްވޭލެއް މީޓަރކައިރީ ހަރުކުރުން.

(ނޯޓް: ޖަންކްޝަން ދާގަނޑާއި ހޮޅިބުރިދޭނީ ކައުންސިލްގެއިދާރާއިންނެވެ.)

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މުއްދަތު

10%

  • މި ބައިގަމާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތްކޮށް ނިންމުމަށް އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

9 ޝައުބާން 1440

14 އޭޕްރީލް 2019

14 އޭޕްރިލް 2019
ހޯދާ