ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUl10-F/10/2019/50
އިޢުލާން
ނިޝާން އިއްޒުއްދީންގެ ޢިއްޒަތެރިވެރިޔާ ހ. ބުރެވިމާގޭ އަލްފާޟިލް މުޙައްމަދު ޒާހިރުގެ ތައުބީން ޖަލްސާ 2 މެއި 2019 (ބުރާސްފަތި) ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ޖަލްސާއަށް ދަރުބާރުގޭގައި ތައްޔާރު ކުރުމަށް ބޭނުންވާ ސައުންޑާއި ، ލެޑް ވޯލް ބަހައްޓައި ލައިޓް ހަރުކޮށް ތަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.