މަޤާމު:
|
ލެކްޗަރަރ (ވަގުތީ)
|
ބޭނުންވާ ޢަދަދު: 1
|
މުއްދަތު: 1 އަހަރު ދުވަސް
|
މުސާރަ:
|
މަހަކު 12,687.50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5,437.50 ރުފިޔާ
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ލ. ފޮނަދޫ (އައި.ޔޫ.އެމް ލަރނިންގ ސެންޓަރ)
|
ސްޕައިން ޕޮއިންޓް/ގްރޭޑް:
|
ADG7-1/40
|
މަޤާމުގެ ޝަރްޠުތައް:
|
ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް އެޑިޔުކޭޝަން ދާއިރާއިން ހާސިލްކޮށްފައިވުމާއެކު ލެވެލް 9 ގެ ސެޓްފިކެޓެއް އެޑިޔުކޭޝަނަލް މެނޭޖްމެންޓް ގެ ދާއިރާއިން ހާސިލްކޮށްފައިވުން.
|
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީން އޮފަރކުރާ ތަފާތު މޯޑުތަކުގައި ކިޔަވައި ދިނުމާއި ޓޭބަލް ކުރެވޭ ޕީރިއަޑްތަކާއި، ބަދަލުގައި ނަގަންޖެހޭ ޕީރިއަޑްތައް، ވޯކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުމާއި ކިޔަވަދޭ ފިލާވަޅުތައް ކުއްލިއްޔާތަކުން ހަމަޖައްސާ ފޯމެޓަށް (ވީޑިއޯ،ޕަވަރޕޮއިންޓް ޕްރެސެންޓޭޝަން،ޕީޑީއެފް އަދި ވޯޑް ފޯމެޓް ފަދަ ފޯމެޓްތަކަށް) ތައްޔާރުކުރުމާއި ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ކޮންމެ ސެމިސްޓަރއަކު އެއްފަހަރު އަޕްޑޭޓްކުރުން.
- ޓިއުޓޯރިއަލް ޕީރިއަޑްތަކާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކުގައި ހަރަކާތްތެރިވުމާއި ކިޔަވައިދޭ މާއްދާއާ ގުޅޭ ގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބު ދާރީވުން.
- ޏ.ފުވައްމުލަކު ސިޓީގައި ޤާއިމްކުރެވިފައިވާ އައި.ޔޫ.އެމް ލަރނިންގ ސެންޓަރުގައި ހިންގާ ކޯސްތަކުގެ ކޯޑިނޭޝަންގެ އެންމެހާ މަސައްކަތްތައް ޔުނިވާސިޓިގެ ކުއްލިއްޔާ/ސެންޓަރުތަކާއި ގުޅިގެން ކުރުން.
- ޢިލްމީ ދިރާސާތައް ކުރުމާއި، ދިރާސާތައް ޝާއިޢު ކުރުމުގައި ފަރުދީ ގޮތުންނާއި ކުއްލިއްޔާތަކުގެ މުވައްޒަފުންނާ އެކު މަސައްކަތް ކުރުން.
- މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
- ސެމިސްޓަރ ފެށުމުގެ ކުރިން ކިޔަވައިދޭ މާއްދާތަކުގެ އެސައިންމެންޓްތަކާއި ރުބްރިކްތައްތައްޔާރުކޮށް ލިޔުމުން ކުއްލިއްޔާ/ ސެންޓަރ އަށް ހުށަހެޅުމާއި އަދި އެ ތަކެތި ފުރަތަމަ ހަފްތާގައި ދަރިވަރުންނާ ހިއްސާކުރުމާއި އަދި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރުތަކާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ އަދި ކޮންމެ މާއްދާއެއް ކިޔަވައިދީ ނިމުމުން (އެ މާއްދާއެއްގެ އިމްތިޙާން ފެށުމުގެ ކުރިން) މާއްދާ ފުރިހަމަ ކުރިގޮތުގެ ފޯމު ފުރިހަމަކޮށް ކުއްލިއްޔާ ސެންޓަރ އަށްހުށަހެޅުމާއި އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި މާކުކޮށް، މާކްސްތައް ތައްޔާރުކުރުން.
- ކޮންމެ ދަރިވަރެއް ކުރިއަރާމިންވަރާއި، ހޯދާ ނަތީޖާ މޮނިޓަރކޮށް، ކުއްލިއްޔާ/ސެންޓަރ ގެ ރިވިއު ކޮމިޓީއަށް ހުށަހެޅުމާއި އިމްތިޙާންތައް ފެށުމުގެ ކުރިން އެސައިންމެންޓްތަކުގެ ފީޑްބެކް ދަރިވަރުންނަށް ދީ ރެކޯޑްތައް ބެލެހެއްޓުން.
- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
- ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
- އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
|
އެހެނިހެން އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިނާޔަތްތައް ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅުންހުރި ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (މަސައްކަތާ ގުޅުންހުރި ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
|
|
- މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު
- 8:00 އިން ރޭގަނޑު 22:00 އާ ދެމެދު ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ވޯކްލޯޑް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 29 އޭޕްރީލް 2019 އިން 31 މެއި 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
ސުންގަޑި:
|
މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 28 އޭޕްރީލް 2019 ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|