މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން ނަންބަރ: IUL)MCIF/1/2019/1) 

ވަޒީފާގެ ފުރުޞަތު

ތިރީގައި މި ދަންނަވާ މަޤާމަށް މިކުންފުންޏަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ.

މަޤާމް: އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު  : 1 (އެކެއް)

 މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން؛
  2. ކުންފުންޏަށް އަންނަ ބިލުތަކާއި ފައިސާ އާއި ގުޅުންހުރި ލިޔުންތައް ރަނގަޅުތޯ ބަލާ އެކައުންޓިން ސިސްޓަމުގައި ރެކޯޑް ކުރަންޖެހޭ އުސޫލުގެ މަތިން ރިކޯޑް ކުރުން؛
  3. ކުންފުނީގެ ޕޮލިސީ ތަކާއި ޕްރޮސީޖަރ ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ އާއި ލިޔެކިޔުންތައް ރައްކާތެރި ކަމާއި އެކު ބަލަހައްޓައި ފައިލްތައް ތަރުތީބުކޮށް ގެންގުޅުން؛
  4. ކަނޑައަޅާފައިވާ މުއްދަތަށް ނިންމަންޖެހޭ ރިޕޯޓްތައް ނިންމުން؛
  5. އިންޓަރނަލް، އެކްސްޓަރނަލް އަދި އެހެނިހެން އޮޑިޓްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން؛
  6. މާލީ ބަޔާން ތައްޔާރުކުރުމުގައި ޑިޕާޓްމެންޓް ހެޑް އަށް އެހީތެރިވެ ދިނުން؛
  7. ކުންފުނީގެ އެސެޓް ރަޖިސްޓަރ އަޕްޓޭޑްކޮށް ބެލެހެއްޓުން؛
  8. ކުންފުނީގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުން.

 ތަޢުލީމީ ފެންވަރު:

ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުނަރު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން؛
  2. ދިވެހި އަދި އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުން؛
  3. ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛

 މާލީ އިދާރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު:

24 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. 

އީމެއިލް މެދުވެރިކޮށް ނަމަ[email protected]  އަށް ފޮނުވުމަށް އެދެމެވެ.

 

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

މޫކާއި ސޫޓްސް، ތިންވަނަ ފަންގިފިލާ، ހަވީރީ ހިންގުން

މާލެ، ދިވެހިރާއްޖެ

ފޯން:3008300

އީމެއިލް: [email protected]

 

ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

17 އޭޕްރިލް 2019
ހޯދާ