ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީއަށް 2 ވެހިކަލް ސަޕްލައިކޮށް ރަޖިސްޓްރޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ދަންނަވާ މަޢުލޫމާތުގެ 2 ވެހިކަލް ސަޕްލައިކޮށްދީ ރަޖިސްޓްރޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަންނަން ބޭނުންވާ ތަކެތި:
1 |
ވޭން ( މިނީ ވޭން) |
ބާވަތް: ޕެސެންޖަރ ވޭން ސީޓިންގ ކެޕޭސިޓީ: 8 ސީޓް ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންތައް ނެތް، އޮފީސްތަކުގައި ޢާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެ ކުލައެއްވެސް ރަގަނޅު މައިލޭޖް: 5000km އިން ދަށް އާދައިގެ، ރައިޓްހޭންޑް ޑްރައިވް، އަދި އެއާރކޮންޑިޝަން ރަގަޅަށް މަސައްކަތްކުރާ އެއްޗަކަށް ވާންވާނެ. އުފެއްދި ތާރީޙް: 2015 ވަނަ އަހަރުގެ ފަހުން |
1 |
ކާރު |
ބާވަތް: ޕެޓްރޯލް ކާރު ސީޓިންގ ކެޕޭސިޓީ: 4 ސީޓް ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންތައް ނެތް، އޮފީސްތަކުގައި ޢާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެ ކުލައެއްވެސް ރަގަނޅު މައިލޭޖް: 5000km އިން ދަށް އާދައިގެ، ރައިޓްހޭންޑް ޑްރައިވް، އަދި އެއާރކޮންޑިޝަން ރަގަޅަށް މަސައްކަތްކުރާ އެއްޗަކަށް ވާންވާނެ. އުފެއްދި ތާރީޙް: 2015 ވަނަ އަހަރުގެ ފަހުން |
ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.
- ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
- އެސްޓިމޭޓް/ ކޯޓޭޝަން
- ޕްރޮފައިލް
- ވޮރަންޓީ ލެޓަރ
- އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
- ތަޖުރިބާ ބަޔާންކުރާ ލިޔުން
- ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:
|
ކެޓަގަރީ |
މާރކްސް |
މާރކްސް ދެވޭ އުޞޫލު |
1 |
އަގު: |
60% |
އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން |
2 |
މުއްދަތު: |
25% |
އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން (މުއްދަތު ބަލާނީ 2 ވެހިކަލްގެ ރަޖިސްޓްރޭޝަން މަސައްކަތްތަށް ނިންމައި މިނިސްޓްރީއާއި 2 ވެހިކަލް ހަވާލުކުރެވޭނެ މުއްދަތަށެވެ.) |
3 |
ތަޖުރިބާ: |
15% |
ތަޖުރިބާ ބަޔާންކުރާ ލިޔުންތަކަށް ބަލައި ( މިބަޔަށް މާކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތު ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން އެއާ އެއްގޮތަށެވެ.) |
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333117 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.