މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާއިން އަންހެން ޓެކްނީޝަނުން އުފެއްދުމާބެހޭ

ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާއިން އަންހެން ޓެކްނީޝަނުން އުފެއްދުމާބެހޭ

 

 

ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ދުނިޔެ ހޫނުވުމަށް އޭގެން ބާރުއަޅާދޭ މާއްދާތައް މަދުކުރުމަށްޓަކައި އުފައްދާފައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މިދާއިރާގައި މަސައްކަތްކުރާ ފަންނީ އަންހެނުން އިތުރުކުރުން ހިމެނެއެވެ. މިދިޔަ އަހަރު ފަށާފައިވާ މި ޕޮލިސީގެ ދަށުން، ދިވެހިރާއްޖޭގައިވެސް މި ދާއިރާގައި މަސައްކަތްކުރާނެ އަންހެން ބޭފުޅުން ތަމްރީނު ކުރުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށް ފަށާ ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް ޕޮލިޓެކްނިކް އިން ހިންގާ ތަމްރީނު ޕްރޮގްރާމްގައި ދެ އަންހެން ބޭފުޅުން ބައިވެރިކުރުމަށް  ބޭނުންވެއެވެ. ކޯހުގެ މުއްދަތުގައި ކޮންމެ މީހަކަށްވެސް މަހަކު -/5000 ރުފިޔާ އެލަވަންސްގެ ގޮތުގައި ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ތިރިގައި ދަންނަވާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން 30 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ  11:00ގެ ކުރިން، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

 

ޝަރުތު

-          ދިވެއްސެއްކަމުގައިވުން

-          އަސާސީ ތައުލީމު ފުރިހަމަކޮށްފައިވުން 

-          18 އަހަރު ފުރިފައިވުން

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ފޯން: 3018329/3018328

ވެބްސައިޓް: www.environment.gov.mv

15 އޭޕްރިލް 2019
ހޯދާ