މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

އިޢުލާން            

ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

ރ. ވާދޫއިން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދާއި އަދި އެސަރަހައްދާއި އިންވެގެން ހުރި މަގުތަކުގައި އެއްވެސް އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބަލަން ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި އެއްވެސް އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިނަމަ 2019 އޭޕްރިލް 22 ވާ ހޯމަ ދުވަހުގެ 9:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން އެކަން އެންގެވުމަށް ދެންނެވީމެވެ. އަދި މިދެންނެވުނު މުއްދަތުގެ ތެރޭގައި އެކަން ނާންގަވައިފިނަމަ ވެރިފަރާތެއް ނެތްތަކެތީގެ ގޮތުގައިބަލާ އެތަކެތި ކަނޑާ ބިންސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

15 އޭޕްރިލް 2019
ހޯދާ