ދިވެހިރާއްޖެ
މިހޮސްޕިޓަލުގައި މިހާރު ބޭނުންކުރަމުންދާ ކާރުގެ މެއިންޓަނަންސް ޚަރަދުބޮޑުވެ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާތީ، މިހޮސްޕިޓަލުގައި ބޭނުންކުރުމަށް ކާރެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
ތަން |
ގަޑި |
ތާރީޚް |
ތަފްޞީލު |
ޕްރޮކިއުމަންޓް |
11:00 |
18 އޭޕްރިލް 2019 (ބުރާސްފަތި) |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ޕްރޮކިއުމަންޓް |
11:00 |
24 އޭޕްރިލް 2019 (ބުދަ) |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
09 ޝައުބާން 1440
14 އޭޕްރިލް 2019