މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގއ.ކޮނޑޭ ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        ގއ.ކޮނޑޭ ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 15 އޭޕްރިލް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން 13:30 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަަތަ ގއ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ގއ.ކޮނޑޭ ސިއްހީ މަރުކަޒަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. އަދި 17 އޭޕްރިލް 2019 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީގައި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ނުވަތަ ގއ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ގއ.ކޮނޑޭ ސިއްހީ މަރުކަޒުގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ  އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި ނުވަތަ ގއ.އަތޮޅު ހޮސްޕިޓަލްގައި ނުވަތަ ގއ.ކޮނޑޭ ސިއްހީމަރުކަޒުގައެވެ.

 މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 17 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ސެޝަންއަށް އަދި އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

06 ޝައުބާން 1440

11 އޭޕްރިލް 2019
ހޯދާ