މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސ.ހުޅުމީދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        ސ.ހުޅުމީދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 16 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 13:30 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަަތަ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ސ.ހުޅުމީދޫ ސިއްހީ މަރުކަޒަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. އަދި 18 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީގައި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ނުވަތަ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ނުވަތަ ސ.ހުޅުމީދޫ ސިއްހީމަރުކަޒުގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ  އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ސ.ހުޅުމީދޫ ސިއްހީމަރުކަޒުގައެވެ.

 މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ސެޝަންއަށް އަދި އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

06 ޝައުބާން 1440

11 އޭޕްރިލް 2019
ހޯދާ