މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

 

                                 އިޢުލާން ނަންބަރު:IUL)MMPRC/1/2019/20) 

 ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އޮފީސް އެސިސްޓެންޓް

މުސާރަ (މަހަކު) : -/3,870 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް/-2,580 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް / އެޗް.އާރް އެންޑް އެޑްމިން ސެކްޝަން

ބޭނުންވާ އަދަދު: 1

 ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. އަސާސީ ތަޢުލީމު ހާސިލްކޮށްފައިވުން
  2. މޮޓޯ ސައިކަލް ޑްރައިވިންގ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހިންގުންތެރި، ހީވާގި، މަސައްކަތަށް ފަރުވާތެރި މީހެއްކަމުގައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަނުން ފޮނުވާ  ސިޓީ، ފައިސާ އަދި އެހެނިހެން ލިޔެކިޔުންތައް ހަވާލު ކުރާ އުޞޫލަކުން ބެހުން.
  2. މިކޯޕަރޭޝަނަށް ޕޯސްޓުން ނުވަތަ އެހެން ވެސް ގޮތްގޮތުން އަންނަ/ލިބޭ ޑޮކިއުމެންޓްސް އަދި ޕާރސަލް ފަދަތެކެތި މުއްދަތު ހަމަވުމުގެ ކުރިން ނަގައި އޮފީހަށް ގެނައުން އަދި އެހެނިހެން ތަންތަނަށް ތަކެތި ގެންދިއުން.
  3. މި ކޯޕަރޭޝަނުގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސް، މެޓީރިއަލްސް ސްޓޮކް ބަލަހަށްޓާ މުވައްޒަފަކު އަންގަވާގޮތެއްގެ މަތިން އޮފީހަށް ގެނައުމާއި ހަވާލުކުރުން.
  4. ރަސްމީ އަދި ބަންދު ދުވަސްތަކުގައި މިކޯޕަރޭޝަން ހުޅުވަންޖެހިއްގެ ހިދެއްގައި އޮފީސް ހުޅުވުމާއި ބަންދުކުރުން.
  5. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 18 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި ކޯޕަރޭޝަން (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް

ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސްދެވޭނީ ލިޔުން ހުށައަޅާފައިވާނަމައެވެ)

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް (އެޓެސްޓް ކުރެވިފައިވާ)

- ޑްރައިވިންގ ލައިސެންސްގެ ކޮޕީ

އިތުރު މަޢްލޫމާތު 

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް (https://visitmaldives.com/downloads/ ) މެދުވެރިކޮށް ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

 އެޑްރެސް ކުރައްވާނީ:

 ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

11 އޭޕްރިލް 2019
ހޯދާ