ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޕާރޓްމަންޓެއް އިމާރާތްކުރުން

                  މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ރައްޔިތުންގެ މަންފާ ގޯތީގައި (މިރަށު އިރުވާކޮޅުގޭ އިރުން އޮމަދޫ ސްކޫލާއި ދެމެދު އޮތް ބިމުގައި) 2 ކޮޓަރީގެ އެޕާރޓްމަންޓެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.     

                  ކަމާއި ބެހޭ މައުލޫމާތު ދިނުން އޮންނާނީ 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:30 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ 02 މެއި 2019 ވާ އާދީއްތަ ދުވަހު މެންދުރުފަހު 13:30 ގައި މި އިދާރާއަށެވެ.

                  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އެސްޓިމޭޓްތައް އަދި ދިވެހިރާއްޖޭގެ ވިޔަފާރިއާއިބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީނުވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޭޕްރިލް 2019
ހޯދާ