މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަންބަރު: IUL)MMPRC/1/2019/19)

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މި ކޯޕަރޭޝަންގެ އޮފިސް ހިންގާ އިމާރާތުން އެހެންތަނަކަށް ބަދަލުވުމައްޓަކައި،  2500 -3000 އަކަފޫޓްގެ އޮފިސް ހިންގާނެތަނެށް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MMPRC/1/2019/13) ޢިއުލާނާ ގުޅިގެން، ހުށައެޅި ތަންތަނުގެ ބޮޑުމިން، މި ކޯޕަރޭޝަނުން ބޭނުންވާވަރަށްވުރެ ކުޑަކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް، ޖުމްލަ 3،000 އަކަފޫޓަށްވުރެ ކުޑަނޫން ތަނެއް ކުއްޔަށް ދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 

                         ވީމާ،  މިފަދަތަނެއް ކުޔަށްދޫކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޭޕްރީލް 16 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޭޕްރީލް 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30އަށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަނެވޭ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ޝީޓް ތިރީގައިމިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.

https://visitmaldives.com/information-sheet-renting-office-space/

 

                                                    04 ޝަޢުބާން 1440 ހ.

                                                    09 އޭޕްރީލް 2019 މ.

 

 

 

 

 

 

 

09 އޭޕްރިލް 2019
ހޯދާ