މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް
ދިވެހިރާއްޖެ
މަދަހަ ކިޔަން ދަސްކޮށްދޭނެ ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

މަޤާމް :މަދަހަ ކިޔަން ދަސްކޮށްދޭނެ ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
ބޭނުންވާ އަދަދު :4

މަދަހަ ކިޔަން ދަސްކޮށްދޭނެ ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

އިޢުލާން

 

އަންނަ ރަމަޟާންމަހާ ދިމާކޮށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ، މަދަހަ ކިޔަން ދަސްކޮށްދިނުމުގެ

ވޯކްޝޮޕްގައި މަދަހަ ކިޔަން ދަސްކޮށްދިނުމަށް ޝައުގުވެރިވާ ޕާޓްޓައިމް ލެކްޗަރަރއިން ހޯދަން ބޭނުންވެއެވެ.

ޕްރޮގްރާމް/ވޯކްޝޮޕް:

 މަދަހަ ރިސައިޓަލް ވޯކްޝޮޕް

މުއްދަތު އަދި ދުވަސް

4 ހަފްތާ، ހަފްތާއަކު 2 ދުވަސް (ހަފްތާ ބަންދުގައި)

ޝަރުތު:

ގުޅޭ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ މަދުވެގެން 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

ހަވާލުކުރެވޭ މޮޑިއުލާ ނުވަތަ މޮޑިއުލްތަކާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދިއުން

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (ޕަބްލިކް ސަރވިސް މީޑިއާ)

އިތުރު މަޢުލޫމާތު:

ފޯން: 3000340 އަދި އީމެއިލް އެޑްރެސް: [email protected]

ވީމާ، މިވޯކްޝޮޕް ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު ޝައުގުވެރިކަން ފާޅުކުރައްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަށް

11 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 16.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.                                                                                                                                                                                                                                                                                                                                                                

            03 ޝައުބާން 1440

08 އޭޕްރިލް 2019
ހޯދާ