އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

ނަންބަރު: A)CA-2019/166)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު  2019 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

މި ކޮމިޝަނުގެ ނަންބަރު A)CA-2019/23) ޖަނަވަރީ 28 އިޢުލާނާއި ނަންބަރު A)CA-2019/159) އެޕްރީލް 2 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވުނު ދެ އިޢުލާނުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓުލުން ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑިއަށް، 2 (ދޭއް) ގަޑިއިރު އިތުރު ކުރުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތަށް ކޮމިޝަނުން ނިންމީ މި ދުވަސްވަރަކީ ހޫނު ގަދަ މޫސުމަކަށްވެފައި ހޫނު ގަދަވުމުގެ ސަބަބުން ވޯޓުލުމަށް އަންނަ މީހުންގެ ޢަދަދު މަދުވެދާނެކަމަށް ކޮމިޝަނަށް ފެންނާތީއެވެ.

ޤައުމު

ވޯޓުލުން ނިންމާ ގަޑި (އެޤައުމެއްގެ ގަޑިއަށް ރިޢާޔަތްކޮށް)

ދިވެހިރާއްޖެ

18:00

އިންޑިއާ (ޓްރިވެންޑްރަމް)

18:30

ސްރީލަންކާ (ކޮލޮމްބޯ)

18:30

އިނގިރޭސިވިލާތް (ލަންޑަން)

19:30

މެލޭޝިއާ (ކުއަލަލަމްޕޫރު)

21:00

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
01 ޝަޢުބާން 1440   
06 އޭޕްރިލް 2019
ހޯދާ