ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ.ތިނަދޫގައި އޮންނަ މާވަހި ދޯނި މަރާމާތު ކުރުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/079

 

އިޢުލާން

 

ގދ.ތިނަދޫގައި އޮންނަ މާވަހި ދޯނި މަރާމާތު ކުރުމާއި ގުޅޭ:

   މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ގދ.ތިނަދޫގައި އޮންނަ "މާވަހި ދޯނި" މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަަރަށް ކުރެވުނު ނަންބަރ FNK-I/IUL/2018/017 އިޢުލާނާއި އެކު ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ވަނީ ބާތިލް ކުރެވިފައެވެ. އެހެންކަމުން އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ގދ. ތިނަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،16 އެޕްރީލް 2019 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

    އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ގދ. ތިނަދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                 28 ރަޖަބް 1440

                 04 އެޕްރީލް 2019

 

04 އޭޕްރިލް 2019
ހޯދާ